ދުނިޔެ އެމްއެޗް370ގެ ފަސްޓް އޮފިސަރ ދެ އަންހެން ކުދިން ކޮކްޕިޓަށް އެރުވިކަން ހާމަވެއްޖެ

އެމްއެޗް370ގެ ފަސްޓް އޮފިސަރ ދެ އަންހެން ކުދިން ކޮކްޕިޓަށް އެރުވިކަން ހާމަވެއްޖެ

އެމްއެޗް370ގެ ފަސްޓް އޮފިސަރ ދެ އަންހެން ކުދިން ކޮކްޕިޓަށް އެރުވިކަން ހާމަވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިހާރު ދުނިޔޭގެ އެންމެންގެ ސަމާލުކަން އެކަމަކަށް ހުއްޓިފައިވާ މެލޭޝިއަން އެއާރލައިންސްގެ އެމްއެޗް370ގެ ފަސްޓް އޮފިސަރ ޒުވާން ދެ އަންހެން ކުދިން ކޮކްޕިޓަށް އެރުވިކަން ހާމަވެއްޖެއެވެ.

ޖޮންޓީ ރޫސް އަކީ ފާރިގް އަބްދުލް ހާމިދްގެ ފޭސްބުކް ރައްޓެއްސެކެވެ. އޭނާ އޮސްޓްރޭލިއާގެ ޗެނަލް 9 އަށް ކިޔައިދިން ގޮތުގައި އޭނާ އާއި އޭނާގެ ރައްޓެއްސަކު 2011ވަނަ އަހަރު ދަތުރުކުރި ފްލައިޓެއްގައި ހާމިދާއި އެހެން ޕައިލެޓަކު ދިން ދައުވަތަކަށް އެ ފްލައިޓްގެ ކޮކްޕިޓަށް އެމީހުން އެރިއެވެ.

ސީއެންއެން އިން ހާމަކުރާގޮތުގައި އެމީހުން ފުރަތަމަ ތިބީ ފްލައިޓްގައި އެމީހުނަށް ޚާއްސަކުރެވިފައިވާ ގޮނޑީގައެވެ. ނަމަވެސް ފަހުން އެމީހުން ކޮކްޕިޓަށް ގެންގޮސްދީފައިވާ ކަމަށްވެސް އެ ރިޕޯޓްގައިވެއެވެ. އަދި އެ ދަތުރު ނިމެންދެންވެސް ތިބީ އެތަނުގައި ކަމަށް އެ ދެމީހުނާ ހަވާލާދީ ސީއެންއެން ބުނެއެވެ.

އެމެރިކާގެ މަތިންދާ ބޯޓްތަކުގައި މިގޮތަށް އަމަލުކުރުމަކީ މަނާކަމެކެވެ. ނަމަވެސް ދުނިޔޭގެ އެހެނިހެން އެއާރލައިންތަކުގައި އެއީ މައްސަލައެއް ކަމަށް ނުބަލާ ކަމަށްވެސް ނޫސްތަކުން ބުނެއެވެ.

މިކަމާއި ބެހޭގޮތުން މެލޭޝިއަން އެއާރލައިންސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރޫސް ނަގައިފައިވާ ފޮޓޯގެ (2011ވަނަ އަހަރު ކޮކްޕިޓްގައި ދަތުރުކުރި އިރު ނަގައިފައިވާ ކަމަށް ބުނެ ރޫސް ދެއްކި ފޮޓޯއެއް) ސައްހަކަމާއި މެދު އަދި ގޮތެއް ކަނޑައެޅިފައި ނުވާ ކަމަށާއި އަދި މިވަގުތަކީ އެހެން ދިމަ ދިމާލަށް އެ އެއާރލައިންގެ ސަމާލުކަން އަނބުރާލަންވީ ވަގުތު ނޫންކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.