އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އެންމެ ވާދަވެރިކޮށް ދިޔަ ގއ އަތޮޅު ކައުންސިލް ވިލިނގިލީ ދާއިރާގެ ދެ ގޮނޑި އެމްޑީޕީ އާއި ޕީޕީއެމުުން ކާމިޔާބު ކޮށްފި އެވެ. އެމްޑީޕީގެ ދެ ކެންޑިޑޭޓަކާއި ޕީޕީއެމްގެ ދެ ކެންޑިޑޭޓުން ވާދަކުރި މި އިންތިޚާބުގައި ދެ ގޮނޑި ދެ ޕާޓީއަށް ގޮސްފައި ވާއިރު، އެއްވަނަ އަށްދިޔަ ޕީޕީއެމްގެ ކެންޑިޑޭޓު ގއ. ވިލިނގިލީ އޯކިޑުވިލާ ސައުދުﷲ ރަޝީދަށް ލިބިވަޑައިގަތީ 1272 ވޯޓެވެ. އަދި ދެވަނަ އަށް ދިޔަރު އެމްޑީޕީގެ ކެންޑިޑޭޓު ގއ. ވިލިނގިލީ މާޖެހިގޭ މުހައްމަދު ޚަލީލަށް ލިބިވަޑައިގަތީ 1124 ވޯޓެވެ.
އެހެން ކަމުން ވާދަކުރި ހަތަރު ކެންޑިޑޭޓުންގެ ތެރެއިން ކައުންސިލަށް ހޮވިފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ޚަލީލާއި ޕީޕީއެމްގެ ކެންޑިޑޭޓް ސައުދުﷲ ރަޝީދެވެ.
އިންތިޚާބުގައި ނާކާމިޔާބުވި ދެ ކެންޑިޑޭޓުންނަށް ލިބުނު ނަތީޖާ އަށް ބަލާ އިރު އެމްޑީޕީގެ ކެންޑިޑޭޓު ގއ. ވިލިނގިލީ ވިލާރަތްލާއާގޭ އަލީ މުސްތަފާ އަށް ލިބިވަޑައިގަތީ 812 ވޯޓެވެ. އަދި ޕީޕީއެމްގެ ކެންޑިޑޭޓު ގއ. ކޮލަމާފުށީ މަލަ، މުހައްމަދު ހާޝިމަށް ލިބިވަޑައިގަތީ 947 ވޯޓެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...