ކީރިތި ޤުރްއާނާބެހޭ މަރްކަޒުން އަތޮޅުތެރޭގައި ޤާއިމު ކުރުމަށް ހަމަޖެހިފައިވާ ގޮފިތަކުގައި ކިޔަވައި ދެއްވާނެ ވަގުތީ ޤުރްއާން މުދައްރިސުން ހޯދުމަށް އިޢުލާން ކޮށްފިއެވެ.
އެމަރުކަޒުން ކޮށްފައިވާ އިޢުލާނެއްގައިވަނީ ރ. އަލިފުށި، ތ. ގުރައިދޫ، ނ. ކެނދިކޮޅުދޫ ގައި ޤާއިމު ކުރުމަށް ހަމަޖެހިފައިވާ އެމަރްކަޒުގެ ގޮފިތަކުގައި ކިޔަވައި ދެއްވާނެ ވަގުތީ ޤުރްއާން މުދައްރިސުން އެމަރުކަޒަށް ބޭނުންވާ ކަމަށެވެ.
ޤުރްއާން މުދައްރިސްކަމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ޤުރްއާން މުދައްރިސްކަމުގެ ޑިޕްލޮމާ ހާސިލުކޮށްފައިވާ ނުވަތަ ޤުރްއާން މުދައްރިސްކަމުގެ އެޑްވާންސް ހަދާފައިވާ ނުވަތަ ޤާރީކޯސް ލެވެލް 3 ނިންމާފައިވާ ނުވަތަ ޤާރީކޯސް ލެވެލް 1 އަށް ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން ހިމެނޭ ކަމަށް އެމަރުކަޒުން ހާމަކުރެއެވެ.
މިކަމަށް ޝަރުތުހަމާ ފަރާތްތަކުން 11 ފެބުރުވަރީ 2014 ވާ އަންގާރަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ސިޓީއަކާއެކު ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ( އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ ) ކޮޕީއާއި އައި.ޑީ. ކާޑުގެ ކޮޕީ ޤުރްއާނާބެހޭ މަރުކަޒަށް ހުށަހެޅުއްވުމަށް އެމަރުކަޒުން އެދެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...