ޖަމިއްޔަތުއްސަލަފްއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ “ސަލަފް ޓޯކް” ގެ ތިންވަނަ ޕްރޮގްރާމް ފެބްރުއަރީ 12 ވަނަ ދުވަހުގެރޭ އޮންނާނެކަމަށް އެޖަމިއްޔާއިން ހާމަކޮށްފިއެވެ.
ސަލަފުން ހާމަކުރާ ގޮތުގައި މިހަފްތާގެ ބުދަ ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމް އޮންނާނީ ޒުވާނުންގެ މަރުކަޒުގެ ސެމިނަރ ރޫމްގައެވެ. އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ މިޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 8:30 ގައެވެ.
މިފަހަރުގެ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވާނީ އައްޝައިޚް އަލީ ޒާހިރު ބިން ޞައީދު ޤާސިމް ކަމަށް ޖަމިއްޔަތުއް ސަލަފްއިން ހާމަކުރެއެވެ.
ޖަމިއްޔަތުއް ސަލަފްއިން ހާމަކުރާގޮތުގައި މި ޕްރޮގްރާމްތަކަކީ އިސްލާމީ ދުނިޔޭގެ މަޝްރަހާއި އަދި މާއްދީ އެކިއެކި ކަންކަމާއިވެސް ގުޅޭގޮތުން ތަފާތު އެކި މަޢުލޫތަކަށް ވާހަކަދައްކާ ޢިލްމުވެރިންނާއި ވީހާވެސް ގާތުން ވާހަކަދައްކާލުމުގެ ފުރުޞަތު ފަހިކޮށް ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމް ތަކެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...