ރާއްޖޭގެ ޚަބަރު ޖުމްހޫރީ ޕާޓީން ވާދަކުރާ ހަ ދާއިރާ އަކަށް ކެންޑިޑޭޓުން ނެރޭނެކަން އަދާލަތުން އިޢުލާނު ކޮށްފި

ޖުމްހޫރީ ޕާޓީން ވާދަކުރާ ހަ ދާއިރާ އަކަށް ކެންޑިޑޭޓުން ނެރޭނެކަން އަދާލަތުން އިޢުލާނު ކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޖުމްހޫރީ ޕާޓީން ވާދަކުރާ ހަ ދާއިރާ އަކަށް ކެންޑިޑޭޓުން ނެރޭނެކަން އަދާލަތުން އިޢުލާނު ކޮށްފިއެވެ.

އަދާލަތު ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޥާހަކަ ދައްކަވަމުން ޢަދާލަތު ޕާޓީގެ ތަރުޖަމާން އައްޝައިޚް ޢަލީ ޒާހިރު ވިދާޅުވީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަ ކުރުމަށް އެ ޕާޓީގެ ފަރާތުން ފަސް ބޭފުޅަކަށް ރަސްމީކޮށް ޕާޓީގެ ޓިކެޓު އަރުވާފައި ވާކަމަށާއި، މީގެ އިތުރުން އެ ޕާޓީން ވާދަ ކުރުމަށް ނިންމާފައިވާ އެއް ދާއިރާ އަށް އަދި ވަކި ކެންޑިޑޭޓަކު ހަމަޖައްސަވާފައި ނުވާ ކަމަށެވެ.

ޢަދާލަތު ޕާޓީން ބުނީ އެޕާޓީގެ ކެންޑިޑޭޓުން ނެރެން ނިންމާފައި ވަނީ ހދ. މަކުނުދޫ ދާއިރާ އާއި އެއަތޮޅު ވައިކަރަދޫ ދާއިރާ އާއި ނޮޅިވަރަމް ދާއިރާ އާއި ށ. ކޮމަންޑޫ ދާއިރާގެ އިތުރުން ކ. ކާށިދޫ ދާއިރާ އާއި އަދި ސ. މީދޫ ދާއިރާ އަށް ކަމަށެވެ.
އެގޮތުން ހދ މަކުނުދޫ ދާއިރާގެ ޓިކެޓު ދީފައި ވަނީ ޝަރީއާ އެންޑް ލޯ އިން މާސްޓާސް ހައްދަވާފައިވާ އަލްއުސްތާޒާ އަނާރާ ނައީމަށް ކަމަށާއި، ވައިކަރަދޫ ދާއިރާގެ ޓިކެޓު ދީފައި ވަނީ ގާނޫނީ ދާއިރާއިން ޕީއެޗްޑީއަށް ތައުލީމް ހާސިލް ކުރައްވަމުން ގެންދަވާ އަލްއުސްތާޒާ އައިޝަތު ހަލީލާއަށް ކަމަށް ޢަދާލަތު ޕާޓީން ވަނީ ބުނެފައެވެ.

މީގެ އިތުރުން ށ ކޮމަންޑޫ ދާއިރާގެ ޓިކެޓު ދީފައި ވަނީ ޕޮލިޓިކަލް ސައިންސްގެ ދާއިރާ އިން ޕީއެޗްޑީއަށް ކިޔަވަމުން ގެންދަވާ އަހްމަދު ޒާހިރަށް ކަމަށާއި، ކާށިދޫ ދާއިރާގެ ޓިކެޓު ދީފައި ވަނީ ޝަރީއާ އެންޑް އިސްލާމިކް ސްޓަޑީސް އިން މާސްޓާސް ހައްދަވާފައިވާ އަލްއުސްތާޒު އަސަދުﷲ ޝާފީއަށް ކަމަށް ޢަދާލަތު ޕާޓީން ވަނީ ބުނެފައެވެ.

އަދި ސ. މީދޫ ދާއިރާއަށް ނިކުންނަވަނީ އިޖުތިމާއީ ދާއިރާ އިން ފުރަތަމަ ޑިގްރީ ހާސިލްކުރައްވާފައިވާ ހިޝާމް އަހްމަދު ކަމަށާއި، މިހާތަނަށް ކެންޑިޑޭޓަކު ހަމަޖައްސަވާފައި ނުވާ ނޮޅިވަރަމް ދާއިރާގެ ޓިކެޓް ވެސް ވަރަށް އަވަހަށް ވަކި ފަރާތަކަށް ޙަވާލު ކުރާނެ ކަމަށް ޢަދާލަތު ޕާޓީން ވަނީ ބުނެފަ އެވެ.

ޢަދާލަތުން ކެންޑިޑޭޓުން ނެރުމަށް ކަނޑައަޅާފައިވާ ނޮޅިވަރަމް ދާއިރާއަށް ވާދަ ކުރުމަށް އަދާލަތު ޕާޓީގެ ޓިކެޓް ހޯއްދެވުމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ މުހައްމަދު ނުވަތަ މަދަނީ އަބްދުﷲ ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.