ޖުމްހޫރީ ޕާޓީއިން ބޭނުންވީ އަދާލަތުގެ ސަޕޯރޓް ބޭނުންކޮށްގެން މަޖްލިސްގެ ގޮނޑިތަކެއް ހޯދާ، ނަމެއްގާ އަދާލަތު ޕާޓިއަށް ދާއިރާތަކެއްދީފައި ބޮޑެތި ޝަރުތުތަކެއް ކުރިމަތިކުރުވަން ކަމަށް އަދާލަތު ޕާޓީގެ ތަރުޖަމާނު އުސްތާޛު އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
އުސްތާޛު އަލީ ޒާހިރު މިހެންވިދާޅުވެފައިވަނީ ޖުމްހޫރީ ޕާޓީއިން އަދާލަތު ޕާޓީއާއި ބެހޭގޮތުން ފަތުރަމުންދާ ޚަބަރާއި ގުޅޭގޮތުން ފޭސްބުކްގައި ދެއްވި މެސެޖްއަކުނެވެ.
އަދާލަތުން އެދުނީ 5 ދާއިރާގެ ތެރެއިން 4 ދާއިރާއަށް ކަމަށާއި ނަމަވެސް ޖުމްހޫރީ ޕާޓީއިން ބޭނުންވީ އަދާލަތުގެ ސަޕޯރޓް އޮތް މަނުކުދޫ ދާއިރާއާއި ވައިކަރަދޫ ދާއިރާ އަދާލަތު ޕާޓީއަށް ނުދީ އަދާލަތުގެ ތާއީދު ނެތް ދާއިރާތަކެއް އަދާލަތަށް ދޭންކަމަށެވެ. އަދި އަދާލަތުން ކޯލިޝަނާއިއެކު ކުރިއަށްދާން ބޭނުންވީ ފަހަރެއްގައިވެސް އަދާލަތު ވަކިން ވާދަކޮށްގެން ގޮނޑިތަކެއް ކާމިޔާބު ނުކުރެވިދާނެތީ ނޫންކަމަށާއި ނަމަވެސް ކޯލިޝަނުން ވާދަކުރާ ދާއިރާތަކަށް އަދާލަތުން ވާދަކުރުމުގެ ނަތީޖާ ހިތި ވެދާނެތީ ކަމަށެވެ.
އިތުރަށް އުސްތާޛު އަލީ ޒާހިރު ވިދާޅުވީ އަދާލަތުން ވަކިން ވާދަކޮށްގެންވެސް އިންޝާ ﷲ ކާމިޔާބު ކުރެވޭނެ ދާއިރާތައް އެބަހުރިކަމަށާއި އެކަމަށް ކަންބޮޑުވުމެއް ނެތްކަމަށެވެ. އަދި އަދާލަތުގެ ވިސްނުންހުރީ ކޯލިޝަނާއެކު ނިކުންނަނަމަ މަދުދާއިރާ ތަކަކަށް ކުރިމަތި ލުމަށާއި ނަމަވެސް ވަކިން ނިކުންނަނަމަ ކުރިމަތިލާ ދާއިރާތަކުގެ އަދަދު މަދުކުރުމަށް އެހާބޮޑު ސަމާލުކަމެއް ނުދެވޭނެކަމަށެވެ. އަދި އަދާލަތަށް އަދާލަތަށް ކާމިޔާބުވާނެކަމުގެ އުއްމީދުއޮތް ހުރިހާ ދާއިރާއަކަށް ކެނޑިޑޭޓުން ނެރޭނެކަމަށް އުސްތާޛް އަލީ ޒާހިރު ވިދާޅުވިއެވެ.
އުސްތާޛު އަލީ ޒާހިރު އިތުރަށް ވިދާޅުވެފައިވަނީ ކޯލިޝަނުން ވާދަކުރުމާމެދު ޕީޕީއެމްއިން ވަކިއެއްޗެއް އަދި ބުނެފައިނުވާތީ، އަދާލަތު ބޭނުންވާ ދާއިރާތައް ޕީޕީއެމްއިން ދޫކޮށްލައިފިނަމަ ޕީޕީއެމްއިން ވާދަކުރާ ދާއިރާތަކަށް އަދާލަތުގެ ކެނޑިޑޭޓުން ނުނެރޭނެކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...