ހދ އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވާމުން އަންނަ އަތޮޅު ޤުރުއާން މުބާރާތް މި އަހަރުގެ މެއި މަހު ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ހދ އަތޮޅު ކައުންސިލްގެ ރައީސް ހުސެއިން ރަޝީދުއާއި ހަވާލާދެއްވާ ކުޅުދުއްފުށީ އޮންލައިންއިން ހާމަކުރާ ގޮތުގައި މި އަހަރުގެ ގުރުއާން މުބާރާތް ބާއްވާނެ ރަށެއް ކަނޑައެޅުމަށްޓަކައި ރަށު ކައުންސިލުތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު 26 ޖެނުއަރީގައިވަނީ ހުޅުވާލެވިފައި ކަމަށާއި މުބާރާތް ބާއްވާނީ އެންމެ ރަގަޅު ހުށަހެޅުމެއް ހުށަހަޅާ ރަށެއްގައި ކަމަށެވެ.
2013 ވަނަ އަހަރު މިމުބާރާތްބައްވާފަވަނީ ކުޅުދުއްފުށިގައެވެ. އެފަހަރު މުބާރާތުގެ އެއްވަނަ ހޯދާފައިވަނީ މަކުނުދޫ ސްކޫލުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...