ދިއިސްލާމް މަރަށް މަރު ހިފުމަށް ނިންމި ނިންމުމަކީ ހިތްވަރުގަދަ ނިންމުމެއް: ޝައިޚް އިމްރާން

މަރަށް މަރު ހިފުމަށް ނިންމި ނިންމުމަކީ ހިތްވަރުގަދަ ނިންމުމެއް: ޝައިޚް އިމްރާން

މަރަށް މަރު ހިފުމަށް ނިންމި ނިންމުމަކީ ހިތްވަރުގަދަ ނިންމުމެއް: ޝައިޚް އިމްރާން

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މަރަށް މަރު ހިފާ ހުކުމް ތަންފީޒްކުރުމަށް ސަރުކާރުން ނިންމި ނިންމުމަކީ ވަރަށް ހިތްވަރުގަދަ ނިންމުމެއް ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޝައިޚް އިމްރާން ވިދާޅުވީ މަރުގެ ޙުކްމް ތަންފިޒުކުރުމަށް ސަރުކާރުން ނިންމި ނިންމުމަކީ ހިތްވަރުގަދަ ނިންމުމެއް ކަމަށާއި މަރަށް މަރު ހިފުމަކީ މިވަގުތަށް ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.

ޝައިޚް އިމްރާން އިތުރަށް ވިދާޅުވީ މިނިންމުމަކީ ތަފާތު އެކިއެކި ގޮންޖެހުންތައް ކުރިމަތިވާނެ ނިންމުމެއް ކަމަށާއި ނަމަވެސް މާތްﷲގެ ތަނަވަސް ރަހުމަތްފުޅުން މިނިންމުމުގެ ސަބަބުން މިގައުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.

ޝައިޚް އިމްރާން ސަރުކާރުގެ މިނިންމުމަށް މަރުހަބާ ކިޔާފަވާއިރު، އިސްލާމް ދީނުގެ ކަންކަމުގައި އަބަދުވެސް "ތަފާތު" ގޮތެއް ފެންނަ އެމްޑީޕީއިން ވަނީ މި ނިންމުމަށް ދެކޮޅުހަދާފައެވެ. އެގޮތުން އެމްޑީޕީއިން ބުނެފައިވަނީ މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅޭ އަމުރުގައި ހޯމް މިނިސްޓަރު ސޮއި ކުރެއްވުމުން އާންމުންގެ ތާއީދު އެކަމަށް ނޯންނާނެ ކަމަށާއި އެ ނިންމެވުމާ ދެކޮޅަށް އާންމުންނާއި ޕީޕީއެމްގެ ކޯލިޝަން ތެރެއިން މީހުން ނުކުންނާނެ ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.