ދިއިސްލާމް "ޓްރެވެލިންގ ޝައިޚް" މާލެ ވަޑައިގަންނަވައިފި

"ޓްރެވެލިންގ ޝައިޚް" މާލެ ވަޑައިގަންނަވައިފި

"ޓްރެވެލިންގ ޝައިޚް" މާލެ ވަޑައިގަންނަވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޖަމިއްޔަތުލް ސަލަފާ ގުޅިގެން  ކެނެޑާގެ މަޝްހޫރު ދާއީ އަދި "ޓްރެވެލިންގ ޝައިޚް" ގެ ނަމުން މަޝްހޫރުވެފައިވާ ޝެއިހް ވަލީދު އަބްދުލް ޙަކީމް ރާއްޖެ ވަޑައިގަންނަވައިފިއެވެ.

ޝައިޚް ވަލީދު ރާއްޖެ ވަޑައިގަތީ މިއަދުގެ މެންދުރުގެ ވަގުތެއްގައެވެ.

ޝައިޚްގެ މިދަތުރުފުޅުގައި ވިލިމާލޭގައި މިރޭ ދަރުސެއް ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ފުވައްމުލަކު އަދި އައްޑޫ ސިޓީގައިވެސް ތަފާތު އެކިއެކި ދީނީ ހަރަކާތްތައް ހިންގުމަށްވަނީ ހަމަޖެހިފައެވެ.

ކެނެޑާގެ ޝައިޚް ވަލީދް ޢަބްދުލް ޙަކީމް ވަނީ 50 އަށް ވުރެ ގިނަ ގައުމަށް އިސްލާމް ދީނުގެ ދަޢުވަތު ދިނުމުގެ ގޮތުން ދަތުރު ކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.