އިސްލާމިކް އެފެއަރޒް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސަޢީދުގެ ދަޢުވަތަކަށް ސަޢޫދީ އަރަބިޔާގެ މުސްލިމް ސްކޮލާރސް އެސޯސިއޭޝަންގެ ރައީސް ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
މުސްލިމް ސްކޮލާރސް އެސޯސިއޭޝަންގެ ރައީސް ޑރ. ނާޞިރު ބިން ސުލައިމާން މުޙައްމަދު އަލްއަމަރު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދުގެ މެންދުރު ފަހުގެ ވަގުތެއްގައި ކަމަށް އިސްލާމިކް އެފެއަރޒް މިނިސްޓްރީއިން ހާމަކުރެއެވެ.
ޑރ. ނާޞިރު ބިން ސުލައިމާން މުޙައްމަދު އަލްއުމަރު ގެ މިދަތުރުފުޅުގައި އެބޭފުޅާގެ އަރިހުގައި އެ އެސޯސިއޭޝަންގެ ޤުރުއާން ކުރިއެރުވުމާއި ބެހޭ ޖަމްޢިއްޔާއިން 10 ބޭފުޅުންގެ ވަފްދެއްވެސް ރާއްޖެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
މިބޭފުޅުން ރާއްޖޭގައި ތިއްބަވާ ދުވަސްތަކުގައި ރާއްޖޭގެ ޢިލްމުވެރިންނަށާއި އާއްމުނަން ދީނީ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މިވަފްދު ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވަނީ ޖަނަވަރީ 25 ވަނަ ދުވަހުއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...