ދިއިސްލާމް ސޫރިޔާ ފަންޑަށް 560000 ވުރެ ގިނަ ރުފިޔާ ލިބިފައިވޭ: އެހީ ޖަމިއްޔާ

ސޫރިޔާ ފަންޑަށް 560000 ވުރެ ގިނަ ރުފިޔާ ލިބިފައިވޭ: އެހީ ޖަމިއްޔާ

ސޫރިޔާ ފަންޑަށް 560000 ވުރެ ގިނަ ރުފިޔާ ލިބިފައިވޭ: އެހީ ޖަމިއްޔާ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

" ހެލްޕް ސިރިޔާ ތުރޫ ވިންޓަރ" ނަމުގައި ހިންގި ހަރަކާތަށް 560000 ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އެހީ ޖަމިއްޔާއިން ހާމަކޮށްފިއެވެ.

އެހީ ޖަމިއްޔާގެ ސެކްރެޓަރީ ޔޫސުފް ޝާން ދިއިސްލާމަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފިނި މޫސުމުގެ ފިނިން ރައްކާތެރިވުމަށް ސޫރިޔާގެ ރައްޔިތުންނަށް އެހީތެރިވުމަށް އެހީ ޖަމިއްޔާއިން އިސްނަގައިގެން ހިންގި ހަރަކާތަށް 560000 ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށެވެ.

މިހަރަކާތުގައި ވިލިމާލެ ޕީސްފައުންޑޭޝަންގެ ފަރާތުން 154,654.12 ރ، މާމިގިނލީ އިސްލާމިކް ފައުންޑޭޝަންގެ ފަރާތުން 17,500 ރ، ކ. ގާފަރުން 20،000 ރ އަދި މަދީނާގައި ކިޔަވާ ދިވެހި ދަރިވަރުންގެ ފަރާތުން 1000 ޔޫ.އެސް ޑޮލަރު ހަދިޔާ ކޮށްފައިވާ ކަމަށް އެޖަމިއްޔާއިން ހާމަކުރެއެވެ.

އެހީ ޖަމިއްޔާއިން އިތުރަށް މަޢުލޫމާތު ދިންގޮތުގައި މިހާރު ކުރެވެމުންދާ މަސައްކަތަކީ އެހީގެ ގޮތުގައި ލިބުނު ދިވެހި ރުފިޔަ ޑޮލަރަށް ބަދަލުކުރުމުގެ މަސައްކަތް ކަމަށާއި އެމަސައްކަތް ނިމޭހާ އަވަހަށް އެފައިސާ ސޫރިޔާގެ ރައްޔިތުންނަށް އެހީ ތެރިވުމަށް ފޮނުވާނެ ކަމަށެވެ.

މިހަރަކާތް ހިންގާފައިވަނީ 2013 ޑިސެމްބަރ މަހުގެ 21 އިން 2014 ޖެނުއަރީ މަހުގެ 11 ގެ ނިޔަލަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.