ރާއްޖޭގެ ޚަބަރު ޖިންސީ ކުށުގެ ބިލް ފާސްކުރުމަށް ވޯޓުދިން މެންބަރުން ތައުބާވުމަށް ޑރ. ޢިޔާޟު ގޮވާލައްވައިފި

ޖިންސީ ކުށުގެ ބިލް ފާސްކުރުމަށް ވޯޓުދިން މެންބަރުން ތައުބާވުމަށް ޑރ. ޢިޔާޟު ގޮވާލައްވައިފި

ޖިންސީ ކުށުގެ ބިލް ފާސްކުރުމަށް ވޯޓުދިން މެންބަރުން ތައުބާވުމަށް ޑރ. ޢިޔާޟު ގޮވާލައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

30 ޑިސެމްބަރ 2013 ވަނަދުވަހު ރައްޔިތުންގެ މަޖުލީހުގެ ޖަލްސާގައި ފާސްކުރި ޖިންސީ ކުށުގެ ބިލައް ފެންނަކަމަށް ވޯޓު ދިން މެންބަރުން ތައުބާވުމަށް ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަޠީފު ގޮވައިލައްވާފިއެވެ.

ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަތީފު ޖިންސީކުށުގެ ބިލް ފާސްކުރުމަށް ވޯޓުދެއްވި މެންބަރުންނައް ތައުބާވުމަށް ގޮވާލެއްވީ އެމްވީއިސްލާމްކިއުއޭ.ކޮމް ގެ ކިއުންތެރިއަކު ކުރެއްވިސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ކިއުންތެރިޔާގެ އެސުވާލުގައިވަނީ "ރައްޔިތުންގެ މަޖްލިހުން ފާސްކޮށްފައިވާ "ޖިންސީ ކުށުގެ ބިލް" އާއި ބެހޭ ގޮތުން ފާހަގަ ކުރެވޭ ނުކުތާތައް ވިދާޅުވެދެއްވާ؟" މިސުވާލުގެ ޖަވާބުގައި ޤުރުއާނާއި ސުންނަތުގެ އަލީގައި ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަތީފު ވަރަށް ތަފްސީލުކޮށްވަނީ ޖަވާބުދެއްވާފައެވެ.

ފަތުވާގެ ލިންކް

ޖަލްސާގައި ބައިވެރިވި 70 މެންބަރުންގެ ތެރެއިން ބިލު ފާސްކުރުމަށް ފެންނަކަމަށް ވޯޓު ދެއްވީ 67 މެންބަރުންނެވެ. ނުފެންނަކަމަށް ވޯޓުދެއްވީ 2 މެންބަރުންނެވެ. އެއީ ބިލެއްދޫދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާއާއި ފެލިދޫދާއިރާގެ މެންބަރު ޔޫސުފް ނައީމުއެވެ. އަދި ފަރެސްމާތޮޑާދާއިރާގެ މެންބަރު އިބްރާހިމް މުއްޠަލިބު ވަކިކޮޅަކަށް ވޯޓު ނުދެއްވައެވެ. އެދުވަހުގެ ޖަލްސާގައި ބައިވެރިވެ ވަޑައިނުގަންނަވަނީ ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަހީމް ޢަބްދުއްﷲ، ހެންވޭރު ދެކުނުދާއިރާގެ މެންބަރު ހާމިދު ޢަބްދުލް ޣަފޫރުގެ އިތުރުން ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު އެވެ.

ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަތީފުއަކީ ރާއްޖޭގެ ފިގުހުއެކަޑަމީގެ ނައިބުރައީސް އެވެ. އަދި 2014 ވަނަ އަހަރުގެ ރައްޔިތުން މަޖުލީހަށް ކުރިމަތިލެއްވުމަށްވެސް ވަނީނިންމަވާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.