ޖަމިއްޔަތުލް ބަޔާން އަދި ސްޕިރިޓުއަލް ހީލާރސް އޮފް މޯލްޑިވްސް ގުޅިގެން ސިހުރާއި ޖިންނި ޝައިތާނުންގެ ކިބައިން ސަލާމަތްވާނެ ގޮތާއި ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ފޯރަމް މިރޭ އޮންނާނެއެވެ.
މިފޯރަމްއަކީ ސިހުރާއި ޖިންނި ޝައިތާނުންގެ ކިބައިން ސަލާމަތްވާނެ ގޮތާއި ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ފޯރަމްއެއް ކަމަށާއި މިފޯރަމްގައި އެކަންކަމާއި ގުޅޭގޮތުން ބައިވެރިންނަށް ސުވާލުކުރުމުގެ ފުރުޞަތު އޮންނާނެ ކަމަށް ފޯރަމް އިންތިޒާމްކުރާ ފަރާތުން މައުލޫމާތު ދެއެވެ.
މިފޯރަމްގައި މައުލޫމާތު ދެއްވާނީ އައްޝައިޚް މުޙައްމަދު އިބްރާހިމް (ނައިފަރު) އަދި އައްޝައިޚް ހުސައިން އަބްދުﷲ ސައީދުގެ އިތުރުން ތަޖުރިބާކާރު ރާޤީން ނެވެ.
ދެޖިންސްގެ ބޭފުޅުންނަށްވެސް އާއްމުކޮށް ހުޅުވާލައިގެން ބާއްވާ މިފޯރަމް މިރޭ 8:30 ގައި ޒުވާނުންގެ މަރުކަޒުގައި ކަމަށްވެސް ފޯރަމް އިންތިޒާމްކުރާ ފަރާތުން މައުލޫމާތު ދެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...