ދިއިސްލާމް ޑރ ޢިޔާޟް މަޖްލިސް އިންތިހާބުގައި ވާދަކުރައްވާނެކަން އިޢުލާންކޮށްފި

ޑރ ޢިޔާޟް މަޖްލިސް އިންތިހާބުގައި ވާދަކުރައްވާނެކަން އިޢުލާންކޮށްފި

ޑރ ޢިޔާޟް މަޖްލިސް އިންތިހާބުގައި ވާދަކުރައްވާނެކަން އިޢުލާންކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

2014 ވަނަ އަހަރުގެ ރައްޔިތުންގެ މަޖްލިސް އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ދީނީ ޢިލްމުވެރިއެއް ކަމަށްވާ ޑރ މުޙައްމަދު ޢިޔާޟް އަބްދުލް ލަތީފް ހާމަކުރައްވައިފިއެވެ.

އަދާލަތު ޕާޓީގެ ޢިލްމްވެރިންގެ މަޖްލިސްގެ ނައިބް ރައީސް، ޑރ ޢިޔާޟްގެ ފޭސްބުކް ޕޭޖްގައި ހާމަކުރައްވާފައިވާ ގޮތުގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖްލިސް އިންތިހާބުގައި އެމަނިކުފާނު ވާދަ ކުރައްވާނެ ކަމަށާއި އެމަނިކުފާނު ވާދަކުރައްވާނީ މާލެ، ހުޅުހެންވޭރު ދާއިރާ އަށް ކަމަށް ލިޔުއްވާފައި ވެއެވެ.

ރައްޔިތުންގެ މަޖްލިސް އިންތިހާބުގައި ވާދަކުރުމާ ގުޅޭގޮތުން ދިއިސްލާމްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ ޢިޔާޟް ވިދާޅުވީ އެމަނިކުފާނު މަޖްލިސް އިންތިހާބުގައި ވާދަކުރުމަށް ނިންމެވީ، އިސްލާމީ ޤައުމެއްގައި މުސްލިމުންނަށް ހެދޭ ޤާނޫނުތަކުގައި ދީނީ ޢިލްމުވެރިންގެ ދައުރު އޮންނަން ޖެހޭނެކަމަށް ޤަބޫލުފުޅުކުރައްވާތީ ކަމަށާއި އަދި ގިނަ އަދަދެއްގެ ބަޔަކު އެކަމަށް އެދެމުންދާތީ ކަމަށެވެ. އަދި ވޭތުވެ ދިޔަ ތަނުގައި މަޖްލިސްގައި ކަންތައް ހިނގާފައިވާ ގޮތުން ޢިލްމީ ޤާބިލް، ހަރުދަނާ ބަޔަކު މަޖްލިސްއަށް ކުރިމަތިލާން ޖެހޭ ކަމަށް ޤަބޫލުފުޅު ކުރައްވާތީ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޑރ ޢިޔާޟް މަޖްލިސް އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިޢުލާން ކުރައްވާފައިވާއިރު އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ އަދާލަތު ޕާޓީއިންވަނީ މަޖްލިސް އިންތިހާބުގައި އެޕާޓީއިން 32 ގޮނޑިއަށް ވާދަކުރާނެ ކަމަށާއި އަދި މަޖްލިސް އިންތިހާބުގައި އެޕާޓީއިން ނިކުންނާނެ ކެނޑިޑޭޓުންނަކީ ޑިގްރީ، މާސްޓަރސް އަދި ޕީއެޗްޑީ ފެންވަރަށް ކިޔަވައިގެން ތިއްބެވި ޢިލްމީ ޤާބިލް ބޭފުޅުންކަމުގައި ހާމަކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.