މިސްކިތްތަކުގެ ޙާލަތާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށ މާލޭ ސިޓީ ކައުންސިލްއާއި އިސްލާމިކ އެފެއާރޒް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު ބައްދަލުކުރައްވައިފިއެވެ.
އިއްޔެ އިސްލާމިކް އެފެއާރޒް މިނިސްޓްރީގައި އޮތް މިބައްދަލުވުމުގައި ސިޓީ ކައުންސިލްއިންވަނީ ހަދަމުންދާތާ ގިނަ ދުވަސްތަކެއްވެފައިވާ ފުރުޤާން މިސްކިތް ނުނިމި ލަސްވަމުންދާތީ، އާންމުންގެ ފަރާތުން އެކަމުގެ ޝަކުވާ އަންނަ ކަމަށް ފާހަގަ ކޮށްފައެވެ.
މިބައްދަލުވުމުގައި ސިޓީ ކައުންސިލްއިންވަނީ އިމާމުން ތާޒާކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް މިނިސްޓްރީއަށް ހުށަހަޅުއްވާފައެވެ. އަދި މިކަމާއި ގުޅޭގޮތުން އެއްބާރުލުން ދެއްވާނެކަމަށް އިސްލާމިކް އެފެއާރޒް މިނިސްޓަރ ޑރ ޝަހީމް ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...