އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހިމް ދެއްވާފައިވާ "މަރުގެ ވޭން" ދަރުސް ހދ.ނޮޅިވަރަމްގައި ހިލޭ ބަހައިފިއެވެ.
މިކަމުގައި އިސްކޮށް އުޅޭ ފަރާތެއް ކަމުގައިވާ މުޙައްމަދު ޒިޔާދު ދިއިސްލާމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިކަމަކީ ހދ.ނޮޅިވަރަމްގައި ޒުވާނުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކުރިކަމެއް ކަމުގައެވެ. އަދި ރަށުގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ދީނީ ދަރުސްތައް ދެވޭލެއް މަދުވުމުގެ ސަބަބުން، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވިދާނެ އެހެން ކަމެއްމަކަމުގައި ފެންނާތީ މިގޮތަށް ދަރުސް ސީޑީ ބެހީ ކަމުގައެވެ.
އެފަރާތުން އިތުރަށް ހާމަކުރި ގޮތުގައި މިކަމުގައި ރަށުގެ ހެޔޮއެދޭ ވަރަށް ގިނަ ޒުވާނުންގެ އެއްބާރުލުން ލިބެއެވެ. އަދި މިކަމަކީ ވަކި ޖަމިއްޔާއަކުން ކުރާކަމެއް ނޫންކަމަށާއި ޒުވާނުންކޮޅެއް އިސްނަގައިގެން ހިންގާ ހަރަކަތެއްކަމުގައި ޒިޔާދު ފާހަގަ ކުރެއްވިއެވެ.
ޒިޔާދު އިތުރަށް ވިދާޅުވީ މިހަރަކާތުގެ ދަށުން އެކި މައުޟޫތަކަށް ދީފައިވާ ދަރުސްތައް ރަށުގެ ރައްޔިތުންނަށް ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަށް ނިންމާފައިވާ ކަމަށާއި ރަށުގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މިހަރަކާތުގެ ދަށުން ފޭސްބުކް ޕޭޖެއްވެސް ހަދާފައިވާ ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...