ދިއިސްލާމް މާލޭސިޓީ ކައުންސިލުން ސިޔާސީ ނުފޫޒު ފޯރުވައި، ޚުޠުބާތައް ޙިޞޯރުކުރަން ކުރާ މަސައްކަތް ކުށްވެރިކުރަން: ސަލަފް

މާލޭސިޓީ ކައުންސިލުން ސިޔާސީ ނުފޫޒު ފޯރުވައި، ޚުޠުބާތައް ޙިޞޯރުކުރަން ކުރާ މަސައްކަތް ކުށްވެރިކުރަން: ސަލަފް

މާލޭސިޓީ ކައުންސިލުން ސިޔާސީ ނުފޫޒު ފޯރުވައި، ޚުޠުބާތައް ޙިޞޯރުކުރަން ކުރާ މަސައްކަތް ކުށްވެރިކުރަން: ސަލަފް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހުކުރު ޚުޠުބާ ގެ މައްޗަށް މާލޭސިޓީ ކައުންސިލުން ސިޔާސީ ނުފޫޒު ފޯރުވައި، ޚުޠުބާތައް ޙިޞޯރުކުރާން މަސައްކަތް ކުރާ ކުރުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށް ޖަމިއްޔަތުއްސަލަފްއިން ބުނެފިއެވެ.

ހުކުރު ޚުތުބާއަށް ނުފޫޒު ފޯރުވުމަށް މާލޭ ސިޓީކައުންސިލް ކުރަމުންދާ މަސައްކަތް ކުށްވެރިކޮށް ސަލަފްއިން މިއަދު ނެރުނު ބަޔާނުގައިވަނީ ހުކުރު ޚުޠުބާ އަކީ އެއިރެއްގައި މުސްލިމުންނަށް އެންމެ އެކަށީގެންވާ، އަދި ބޭނުންތެރި މައުޟޫޢުތަކަށް އަމާޒުކޮށްގެން، ދިރިތިބި މީސްތަކުންނަށް ދެވޭ ނަޞީޙަތެއް ކަމަށާއި އެހެންކަމުން ޚުޠުބާ އޮންނަންޖެހޭނީ މުޖްތަމަޢުގެ ޙާލަތާ ގުޅޭގޮތަށް ، ދިރިތިބީންނަށް ލާބަޔާ މަންފާ ހުރި އެއްޗެއްގެ ގޮތުގައިކަމަށެވެ.

އިތުރަށް ސަލަފްގެ ބަޔާނުގައިވަނީ ހުކުރު ޚުޠުބާ އަކީ ޙުކުރު ނަމާދުގެ އަޅުކަމާ ސީދާ ގުޅުން ހުރި، އޭގައި ވަކި ރުކުންތަކަކާއި ޝަރުތުޠަކެއް ހަމަވާންޖެހޭ، ޝަރުޢީ އަޅުކަމުގެ ކަމެއްކަމުގައި ވީހިނދު، މިއިން އެއްވެސް ކަމެއް ރަނގަޅަށް އޮޅުން ފިލާފައި ނުވާ ދީނުގެ ފިޤުހު ނުދަންނަ ބަޔަކު މިފަދަ ޝަރުޢީ ކަންކަމަށް ގޮތްކިޔައި ފާޑުކިޔުން ވެގެންދާނީ ދީނަކީ ކުޅިވަރަކަށް ހަދަން މަސައްކަތް ކުރުން ކަމުގައިކަމަށެވެ. އަދި މާލޭ ސިޓީ ކައުންސިލުން އިސްލާމިކް މިނިސްޓްރީއަށް ޚުޠުބާ އާ މެދު ފޮނުއްވާފައިވާ އިލްތިމާސަކީ އެއަށް އިޖާބަދިނުން ހެޔޮ ވާވަރު ކަމެއްނޫންކަމުގައެވެ.

މީގެ އިތުރުން އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކީ ގައުމުގެ މިސްރާބު ބައްޓަން ވެގެންދާނެ އިންތިހާބެއް ކަމުގައިވާ އިރު އޭގެ ކުރިން އަންނަ ހުކުރު ދުވަހުގެ ޚުޠުބާގައި އިސްލާމް ދީން ތިމާމެންނަށް ދެއްވާފައިވާ އިރުޝާދުގެ ދަށުން ކަންކަން ނުކޮށްފި ނަމަ ދުނިޔެ އާއި އާހިރަތުގައި ކުރިމަތިވެދާނެ ނުރައްކަލާ ގެއްލުމުގެ މައްޗަށް އަލިއަޅުވާލެއްވުމަށް އިސްލާމިކް މިނިސްޓަރަށް ސަލަފުގެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.