ރާއްޖޭގެ ޚަބަރު "އިސްލާމީ ދިރިއުޅުން" ނަމުގައި ވައިކަރަދޫގައި ވޯކްޝޮޕެއް ބާއްވަނީ

"އިސްލާމީ ދިރިއުޅުން" ނަމުގައި ވައިކަރަދޫގައި ވޯކްޝޮޕެއް ބާއްވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

” އިސްލާމީ ދިރިއުޅުން"  ނަމުގައި ވޯކްޝޮޕެއް ވައިކަރަދޫގައި ބާއްވާ ގޮތަށް ހަމަ ޖެހިފައި ވާ ކަމަށް ހަބަރު ލިބިއްޖެއެވެ.

ވޯކްޝޮޕް އިންތިޒާމު ކުރާ އިލްހާރު ޖަމިއްޔާއިން ހާމަ ކުރައްވާ ގޮތުގައި ވޯކްޝޮޕް އޮންނާނީ މިމަހު 14 އިން 15 އަށް ކަމަށާއި މި ވޯކްޝޮޕް ބޭއްވުމުގެ މަޤްސަދަކީ ވައިކަރަދޫ ރައްޔިތުންގެ މެދުގައި އިސްލާމީ ދިރިއުޅުމާއި ބެހޭގޮތުން ހޭލުންތެރި ކުރުވުމެވެ.  މި ވޯކްޝޮޕްގައި ހުރިހާ އުމުރުފުރާއެއްގެ ބޭފުޅުންނަށް ބައިވެރި ވުމުގެ ފުރުސަތު ހުޅުވިފައިވާކަމަށް އިލްހާރު ޖަމިއްޔާއިން ހާމަ ކުރެއެވެ.

މި ވޯކްޝޮޕްގައި ކިޔަވައި ދެއްވަނީ އައްޝައިހް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމެވެ. މިވޯކްޝޮޕަކީ ވައިކަރަދޫ އިލްހާރު ޖަމިއްޔާ އާއި މުސްލިމުންގެ ގުޅުމުގެ ފަރާތުން ބާއްވާ ވޯކްޝޮޕެކެވެ.

ޓެގް

ދަރުސް ވީޑިއޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.