ދިއިސްލާމް ގާސިމަށް 25000 ވޯޓުވެސް ނުލިބޭނެ: ނަޝީދު

ގާސިމަށް 25000 ވޯޓުވެސް ނުލިބޭނެ: ނަޝީދު

ގާސިމަށް 25000 ވޯޓުވެސް ނުލިބޭނެ: ނަޝީދު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ނޮވެމްބަރ މަހުގެ ނުވަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓްއަށް 25000 ވޯޓު ނުލިބޭނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސްކަން ކުރައްވާ އަމިއްލައަށް އިސްތިއުފާ ދެއްވި މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ވިލިމާލޭގައި ރޭ ބޭއްވި ކަންމަތީ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ޤާސިމް އިބްރާހިމްއަށް 25000 ވޯޓުވެސް ނުލިބޭނެ ކަމަށާއި އެމްޑީޕީ އަށް އެ ދުވަހު 125،000 ވޯޓު ލިބޭނެ ކަމަށެވެ. އަދި ނަޝީދުއާއި އެއް ރޭހެއްގައި ވާދަ ކުރައްވަން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމިނާއި ގާސިމަށް ނުކެރޭނެ ކަމަށެވެ.

"އަޅުގަނޑަށް ޔަގީން ކަށަވަރު ކުރިއަށް މިއޮތް އިންތިހާބުގައި ގާސިމް އިބްރާހީމަކަށް ދެނެއް 25،000 ވޯޓު ވެސް ނުލިބޭނެ. އަޅުގަނޑުމެން އެއާހިލާފަށް ޔަގީންކޮށް އަރުވަން 125،000 ވޯޓު ނޮވެމްބަރު ނުވަ ވަނަ ދުވަހު އެމްޑީޕީ ނަގާނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވީ އިންތިހާބު ބާއްވަން ރަށު ކައުންސިލް ތަކާށާއި ސިޓީ ކައުންސިލް ތަކަށް އެހީވެވޭނެ ކަމަށާއި އިންތިހާބަށް ފުލުހުން ކޮންމެހެން އެއްބާރުލުން ދޭނެ ކަމެއް ނެތް ކަމަށެވެ.

އިތުރަށް ނަޝީދު ވިދާޅުވީ ޖުމްހޫރީ ޕާޓީ އަދި ޕީޕީއެމް އިން ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުގައި ސޮއި ނުކުރިޔަސް ހޮނިހިރު ދުވަހު އިންތިހާބު ބޭއްވޭނެ ކަމަށެވެ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.