ދިއިސްލާމް ދީނީ މިނިވަންކަން ރާއްޖޭގައި ނެތްކަމަށް ބުނެ ބޭރުގެ ފަރާތަކުންދަނީ ޝަކުވާ ކުރަމުން: ޑރ ޝަހީމް

ދީނީ މިނިވަންކަން ރާއްޖޭގައި ނެތްކަމަށް ބުނެ ބޭރުގެ ފަރާތަކުންދަނީ ޝަކުވާ ކުރަމުން: ޑރ ޝަހީމް

ދީނީ މިނިވަންކަން ރާއްޖޭގައި ނެތްކަމަށް ބުނެ ބޭރުގެ ފަރާތަކުންދަނީ ޝަކުވާ ކުރަމުން: ޑރ ޝަހީމް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖޭގައި ދީނީ މިނިވަންކަން ނެތްކަމަށް ބޭރުގެ ފަރާތްތަކުންދަނީ ޝަކުވާ ކުރަމުންކަމަށާއި ދިވެހިރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ޖާގަ ނުދެވޭނެކަމަށް އިސްލާމިކް އެފެއާރޒް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ ޝަހީމްގެ އަމިއްލަ ޓްވިޓަރ އެކައުންޓަގައި ދިވެހިރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ޖާގަ ނުދެވޭނެކަމަށް ލިޔުއްވަމުން އިތުރަށް ލިޔުއްވާފަވަނީ ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ފަރާތްތަކުން ވަންނަން މަސައްކަތްކުރަނީ ރާއްޖޭގައި އޮތް އިސްލާމްދީން ބަދަލުކުރަން ކަމަށެވެ.

"ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ފަރާތްތަކުން ވަންނަން މަސައްކަތްކުރަނީ ރާއްޖޭގެ ދީން ބަދަލުކުރަން. %100 މުސްލިމްކަން ގެއްލުވާލަން"

އިތުރަށް ޑރ ޝަހީމް ލިޔުއްވާފަވަނީ ދީނާ ޤައުމަށްޓަކައި ދިވެހިންގެ ސަފުތައް އަލުން ރުކުރުވާލަންވީ ވަގުތު މިއޮތީ އައިސްފައިކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.