ދިއިސްލާމް އަޅުގަނޑުމެންގެ ކަންކަމާބެހި، ގޮތް ކިޔައި ހެދުމުގެ ފުރުޞަތު، ބޭރުގެ އެއްވެސް ފަރާތަކަށް ދީގެނެއް ނުވާނެ: ރައީސް ވަހީދު

އަޅުގަނޑުމެންގެ ކަންކަމާބެހި، ގޮތް ކިޔައި ހެދުމުގެ ފުރުޞަތު، ބޭރުގެ އެއްވެސް ފަރާތަކަށް ދީގެނެއް ނުވާނެ: ރައީސް ވަހީދު

އަޅުގަނޑުމެންގެ ކަންކަމާބެހި، ގޮތް ކިޔައި ހެދުމުގެ ފުރުޞަތު، ބޭރުގެ އެއްވެސް ފަރާތަކަށް ދީގެނެއް ނުވާނެ: ރައީސް ވަހީދު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަޅުގަނޑުމެންގެ ކަންކަމާބެހި، ގޮތް ކިޔައި ހެދުމުގެ ފުރުޞަތު، ބޭރުގެ އެއްވެސް ފަރާތަކަށް އަޅުގަނޑުމެން ދީގެނެއް ނުވާނެކަމަށާއި އަޅުގަނޑުމެންގެ ކަންކަން ޙައްލުކުރަންޖެހޭނީ އަޅުގަނޑުމެން އަމިއްލައަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

ނަޞްރުގެ ދުވަހާއި ގުޅިގެން ރައީސް ދެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ އަޅުގަނޑުމެންގެ ކަންކަމާއި ބެހުމުގެ ފުރުޞަތު ބޭރުގެ ފަރާތްތަކަށް ދިނުމަކީ، އަޅުގަނޑުމެންގެ މިނިވަން ކަމަށާއި މުސްތަޤިއްލުކަމަށް އެކަމުން ނޭދެވޭ އަސަރުތަކެއް ފޯރައި، އިތުރު ގެއްލުންތަކާ ކުރިމަތިލާންޖެހިދާނެ ކަމެއްކަން އަބަދުވެސް އަޅުގަނޑުމެން ހަނދާންކުރަން ޖެހޭނެކަމަށެވެ.

އެމަނިކުފާނު ވިދާޅުވެފައިވަނީ ނަޞްރުގެ ދުވަހުގެ ޒިކުރާ އަޅުގަނޑުމެން މިއަދު އާކުރާ ހިނދު، މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހިފައި ވަނީ، އަޅުގަނޑުމެންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގުޅުން ވަރުގަދަ ކުރުމުގެ މައްޗަށް ކަމަށާއި ދިވެހިންގެ ތެރޭގައި މިހާރު އުފެދިފައިވާ ބައިބައިވުންތަކާއި ހަމަނުޖެހުންތައް ހައްލުކޮށް، ގައުމުގެ އެއްބައިވަންތަކަމަށް ބުރޫ އަރާ ފަދަ އަމަލުތަކުން ދުރުހެލިވުމުގެ މައްޗަށް ކަމަށެވެ.

ރައީސް ވަހީދު އިތުރަށް ވިދާޅުވީ ނޮވެމްބަރު 3 ގެ ޙާދިޘާއަކީ، ދުވަހަކުވެސް ދިވެހިންގެ ހިތްތަކުން ފިލައިގެންދާނެ ޙާދިޘާއެއް ނޫންކަމަށާއި އެ ބިރުވެރި ޢުދުވާނީ ޙަމަލާއިން މާތްވެގެންވާ އިސްލާމްދީނާއި، މި ލޮބުވެތި ވަޠަނާއި، ދިވެހި ރައްޔިތުން ސަލާމަތްކޮށްދެއްވުމަށް، އެދުވަހު ދިވެހި ސިފައިން ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީއާއި ދިވެހި ސިފައިން ދެއްކެވި ސާބިތުކަމާއި ހިތްވަރުގެ މަތިން މިއަދުވެސް ހަނދާންކޮށް، އެމަތިވެރި ޤުރުބާނީގެ އަގު ވަޒަންކުރާކަމަށެވެ.

ނަޞްރުގެ ދުވަސް ފާހަގަކުރަނީ މީގެ 25 އަހަރު ކުރިން ދިވެހިންގެ މަދު ބަޔަކު ޕްލޮޓް ގެ ހަނގުރާމަވެރިންގެ ބަޔަކާ އެކު މާލެ އަރައި ދިން އުދުވާނީ ހަމަލާގައި، ދިވެހީންނަށް ލިބުނު ނަސްރާއި ކާމިޔާބު ފާހަގަކުރުމުގެ ގޮތުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.