އައްޑޫ ސިޓީގައި މަސައްކަތްކުރާ ފުލުހުންނަށް އަމާޒްކޮށްގެން ދީނީ ދަރުސްއެއް ބާއްވައިފިއެވެ..
މި އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހުގެރޭ ނޫރުލް އިސްލާމް ޖަމްޢިއްޔާ އާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ މި ދަރުސް ބާއްވާފައިވަނީ މި އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހުގެރެއެވެ. ހެޔޮކަންތައްތަކަށް ޢަމަލު ކުރުމާއި ގުޅޭގޮތުން ދަރުސް ދެއްވާފައިވަނީ ނޫރުލް އިސްލާމް ޖަމްޢިއްޔާގެ ރައީސް އައްޝަޙް މުޙައްމަދު އަނިލްއެވެ.
މި ދަރުސްގައި ސައުތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިފާން އާއި އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނާއި އައްޑޫގައި ފުލުހުން ކުރިއަށްގެންދާ “އަފިރިންގެ އަމާން އައްޑޫ ސިޓީ” އޮޕަރޭޝަނުގައި މަސައްކަތްކުރާ ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން ބައިވެރިވެފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...