2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާތިލުވެ، އަލުން އިންތިހާބު ބާއްވާ، ފުރަތަމަ ބުރާއި ދެ ވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ މި އަހަރުގެ ނޮވެމްބަރު 11ގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އަކު އިންތިހާބު ނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސްއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް މީހަކު އިންތިހާބުކޮށް ހިނގަމުންދާ ރިޔާސީ ދައުރު ހަމަވުމުގެ 30 ދުވަސް ކުރިން ކަނޑައެޅުމަށް ގާނޫނު އަސާސީގައި އޮތް ނަމަވެސް ފުރަތަމަ ބުރެއް އަދި ދެ ވަނަ ބުރެއް އަލުން ބާއްވަން ޖެހިއްޖެ ނަމަ އެ މުއްދަތަށް އެކަން ނުކުރެވޭނެ ކަމަށާއި ކޮމިޝަނުން މަސައްކަތް ކުރަމުންދަނީ ގާނޫނުތަކާއި ގާނޫނު އަސާސީ ނެގެހެއްޓުމަށް ކަމަށާއި ނަމަވެސް މި އަހަރު އެކަން ހިނގަން އޮތީ އެގޮތަށް ކަމަށް ވާތީ އެކޮމިޝަނުން އެކަން ސާފުކޮށްދޭން ބޭނުންވާ ކަމަށެވެ.
އިލެކްޝަންސްއިން ބަޔާންނެރެފައިވާއިރު، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ ޖުމްހޫރީ ޕާރޓީއިންވަނީ އެމައްސަލަ ސުޕްރީމް ކޯޓަށް ވައްދައިފައެވެ. އަދި ސުޕްރީމް ކޯޓުން ވަކިގޮތެއް ނިންމަންދެން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ނުބޭއްވުމަށް ވަނީ އަމުރެއްވެސް ނެރެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...