ދިއިސްލާމް ނަޝީދުގެ ނަން އޮންނަ އިންތިހާބެއް ބާއްވައިގެން ރާއްޖެއަށް ހަމަޖެހުމެއް ނާންނާނެ - ޑރ ޖަމީލް

ނަޝީދުގެ ނަން އޮންނަ އިންތިހާބެއް ބާއްވައިގެން ރާއްޖެއަށް ހަމަޖެހުމެއް ނާންނާނެ - ޑރ ޖަމީލް

ނަޝީދުގެ ނަން އޮންނަ އިންތިހާބެއް ބާއްވައިގެން ރާއްޖެއަށް ހަމަޖެހުމެއް ނާންނާނެ - ޑރ ޖަމީލް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައިސް މުހައްމަދު ނަޝީދުގެ ނަން ވޯޓުކަރުދާސްގައި އޮވެގެން ބާއްވާ އިންތިހާބަކުން މިރާއްޖެއަށް ހަމަޖެހުމެއް ނާންނާނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންގ މޭޓް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގާނޫނާ ހިލާފަށް މީހަކު ހައްޔަރުކުރުމުގެ ދައުވާ ކުރިއަށް ގެންދިއުމަށް ގޮވާލާ ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި މުޒާހަރާގައި ވާހަކަދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ ނަޝީދު ބައިވެރިވާ އިންތިހާބަކުން ގައުމަށް ހަމަޖެހުމެއް ނޯންނާނެ އެންމެ ބޮޑު އެއް ސަބަބަކީ ރައީސް ނަޝީދުގެ މައްޗަށް ޖިނާއީ ދައުވާއެއްގެ ޝަރީއަތް ހިނގަމުން ދަނިކޮށް ބާއްވާ އިންތިހާބަކީ ބަލައިގަނެވޭނެ އިންތިހާބެއް ނޫން ކަމަށް ރާއްޖޭގެ އަޤުލަބިއްޔަތު ބަލައިގަންނާތީ ކަމެވެ.

ޖަމީލު އިތުރަށް ވިދާޅުވީ ޖިނާއީ ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށްގެން ގެންގުޅުން މައްސަލައަކީ މީހާތަނަށް ހިންގާފައިވާ އެންމެބޮޑު ލާއިންސާނީ އަނިޔާވެރި އަމަލުކަމަށާއި އެ މައްސަލާގައި ޝަރީއަތް ހިންގަން ޖެހޭ ކަމަށެވެ. އަދި އެ ޝަރީއަތް ހުއްޓުވާފައިވާ ފަނޑިޔާރުން ޒިންމާކުރަން ޖެހޭ ކަމަށެވެ. އަދި މިއަދު ފެނިގެން މިދަނީ ނަޝީދު ވެރިއަކަށް ހުރެ ކުރި އެކުށް ބެލެމުންނުދާތީ ޖިނާއީ ކުށްތަށްކުރުން އާންމުވެފައިވާތަނެވެ.

ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި މިމުޒާހަރާގައި ނަޝީދުގެ ނަން ދެން އޮންނަ އިންތިހާބުގައި ނޯންނާނެ ކަމަށާއި އަދި ޝަރީޢަތް އަވަސް ކުރުމަށް ވަނީ ގޮވާލާފަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.