ދިއިސްލާމް ޤާނޫނުތަކާއި ގަވައިދުގެ ތެރެއިން ކަންކަން ހައްލުކުރުމަކީ އަމާޒަށް ދެވޭނެކަމެއް - ޑރ ޝަހީމް

ޤާނޫނުތަކާއި ގަވައިދުގެ ތެރެއިން ކަންކަން ހައްލުކުރުމަކީ އަމާޒަށް ދެވޭނެކަމެއް - ޑރ ޝަހީމް

ޤާނޫނުތަކާއި ގަވައިދުގެ ތެރެއިން ކަންކަން ހައްލުކުރުމަކީ އަމާޒަށް ދެވޭނެކަމެއް - ޑރ ޝަހީމް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޤާނޫނުތަކާއި ގަވައިދުތަކުގެ ތެރެއިން ކަންކަން ހައްލުކުރުމަކީ ނިޒާމް ހަލާކުނުވެ އަމާޒަށް ދެވޭނެ ކަމެއްކަމުގައި އިސްލާމިކް އެފެއާރޒް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ ޝަހީމްގެ ފޭސްބުކް ޕޭޖްގައި އިތުރަށް އެމަނިކުފާނު ލިޔުއްވާފައިވާ ގޮތުގައި ޤައުމުގެ އެންމެހާ ލީޑަރުން އެކުވެރިކަމާއިއެކީ ވާހަކަ ދައްކައިގެން ކަންކަން ހައްލުކުރުމަށް މަސައްކަތް ކުރެއްވުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އެދިލެއްވުމެއް ކަމުގައި ލިޔުއްވާފަވެއެވެ. އަދި މިދުވަސްވަރަކީ ދިވެހިރާއްޖޭގެ ޤައުމީ ހަޔާތުގައި ވަރަށް ނާޒުކު ދަނޑިވަޅެއްކަމާއި މިދަނޑިވަޅުގައި ހިކުމަތާއި ބުއްދި އިސްކުރެއްވުމަކީ މުހިއްމު ކަމެއްކަމުގައި އެމަނިކުފާނު ލިޔުއްވާފަވެއެވެ.

" މިއީ ދިވެހިރާއްޖޭގެ ޤައުމީ ހަޔާތުގައި ވަރަށް ނާޒުކު ދަނޑިވަޅެއްކަން ކަށަވަރު. ޚިކުމަތާއި ބުއްދި އިސްކުރެއްވުމަކީ މުހިއްމުކަމެއް. އެކަމުގައި ވަނީ ހެޔޮކަން އިންޝާ ﷲ " ޑރ ޝަހީމް ލިޔުއްވާފަވެއެވެ.

އަދާލަތު ޕާރޓީގެ ފޮރިން ރިލޭޝަން ސެކްރެޓަރީގެ މަޤާމްވެސް ފުރުއްވަމުންގެންދަވާ ޑރ ޝަހީމް އިތުރަށް ފާހަގަކުރައްވާފައިވަނީ އެއްވެސް މީހަކު އޭނާގެ އަނެއް އަޚާއަށް އަނިޔާވެރިވުމަކީ ހުއްދަކަމެއް ނޫންކަމަށާއި ނުހައްގުން ލޭ އޮހޮރުވާލުމަކީ ހަރާމްކަމެއްކަމަށެވެ. އަދި ނިޒާމު ހަލާކުވެއްޖެނަމަ ދިވެހި ގައުމަށް އަނބުރާ އިއާދަ ނުކުރެވޭވަރުގެ ގެއްލުންތަކެއް ކުރިމަތި ވެދާނެކަމަށް އެމަނިކުފާނު ފާހަގަ ކުރައްވާފަވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.