ހުކުރުދުވަހު ހަވީރު އެމްޑީޕީއިން މާލެތެރޭގައި ކުރި މުޒާހަރާގައި ސަލާމަތީ ބާރުތަކުގެ ސަފުތައް ފޫއަޅުވާލުމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިޝާރާތް ކުރައްވާ ވީޑިއޯއެއް އާއްމު ވެއްޖެއެވެ.
ު ޔޫޓިއުބްގައި އާއްމުވެފައިވާ އެ ވީޑިއޯ އިން ފުރަތަމަ ފެންނަނީ އޯކިޑުމަގު ސަލްސާ ރޯޔަލް ރެސްޓޯރަންޓް ހުންނަ ސަރަހައްދުގައި މަގު ބަންދު ކުރުމަށް ސިފައިން ބަހައްޓާފައިވާ ރޯޑު ބްލޮކްތައް ދުރަށް ޖެއްސުމަށް ފަހު ޝީލްޑު ހިފައިގެން ތިބި ސިފައިންނާ ދިމާލަށް އެމްޑީޕީ ސަޕޯޓަރުންދާ މަންޒަރެވެ. އަދި އެމްޑީޕީގެ ސަޕޯޓަރުން ސިފައިންނާ ދިމާލަށް ދިޔަ އިރު ސިފައިންގެ ސަފުތަކުގެ ކުރިމަތީގައި އޮތް އެމްޑީޕީގެ ޕިކަޕްގެ ކައިރީގައި ނަޝީދު ހުންނަވާ މަންޒަރު ފެނެ އެވެ. އެވަގުތު އެމްޑީޕީގެ ސަޕޯޓަރުން އަތުންނާއި ފައިން ސިފައިންގެ ޝީލްޑުތަކުގައި ތަޅާ މަންޒަރު ވީޑިއޯއިން ފެނެ އެވެ.
މުޒާހަރާގައި ބޭނުންކުރަމުންދިޔަ ޕިކަޕެއް ކައިރީގައި ހުންނަވައި އަތުގެ އިޝާރާތުން ސިފައިންގެ ޝީލްޑުތައް ފަޅާލުމަށް ފަހު އެތެރެއަށް ވަދެގަތުމަށް ސަޕޯޓަރުންނަށް ނަޝީދު އަންގަވާ މަންޒަރު އެ ވީޑިއޯ އިން ފެނެ އެވެ. ނަޝީދުގެ އިޝާރާތާ އެކު އެމްޑީޕީ ސަޕޯޓަރުން ޕިކަޕް ކޮށްޕާފައި ސިފައިންގެ ސަފުތައް ފޫައަޅުވާލަން މަސައްކަތް ކުރާ މަންޒަރު އެ ވީޑިއޯ އިން ފެނެ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...