ރައްޔިތުންގެ މަޖްލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ބޭބެ މުހައްމަދު ޝާހިދުގެ ކާރުގައި ރޯކޮށްލައި ދިން ގެއްލުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށް ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އިސްލާމިކް އެފެއާރޒް މިނިސްޓަރ އަދި އަދާލަތު ޕާރޓީގެ ފޮރިންގ ރިލޭޝަން ސެކްރެޓަރީގެ މަޤާމްވެސް ފުރުއްވަމުން ގެންދަވާ ޑރ. ޝަހީމް، އެމަނިކުފާނުގެ ފޭސްބުކް ޕޭޖްގައި ލިޔުއްވާފައިވަނީ މަޖްލިސް ރައީސް އަބްދުﷲ ޝާހިދުގެ ބޭބެގެ ކާރަށްދިން ގެއްލުން އަމިއްލަ ނަމުގައާއި ޢަދާލަތު ޕާރޓީގެ ނަމުގައި ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
އަބްދުﷲ ޝާހިދުގެ ބޭބެގެ ކާރުގައި ރޯކޮށްލާފައިވަނީ އެބޭފުޅާ ދިރިއުޅުއްވާ ގެ ހ. ސޯސަންމަންޒިލްގައި ޕާރކް ކޮށްފައި އޮއްވާ ރޭ ގަނޑުގެ ދަންވަރުގެ ވަގުތެއްގައެވެ. މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...