ދިއިސްލާމް ކެއާ ސޮސައިޓީއަށް ބިމެއް ނުވަތަ ބިމެއްގެ ކުލި ލިބޭނެ ގޮތެއް ހޯދައިދޭނަން - ޑރ ޖަމީލް

ކެއާ ސޮސައިޓީއަށް ބިމެއް ނުވަތަ ބިމެއްގެ ކުލި ލިބޭނެ ގޮތެއް ހޯދައިދޭނަން - ޑރ ޖަމީލް

ކެއާ ސޮސައިޓީއަށް ބިމެއް ނުވަތަ ބިމެއްގެ ކުލި ލިބޭނެ ގޮތެއް ހޯދައިދޭނަން - ޑރ ޖަމީލް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޕީޕީއެމްގެ ސަރުކާރެއްގައި ކެއާ ޑިވެލޮޕްމަންޓް ސެންޓަރު (ސީޑީސީ) އަށް ބިމެއް ނުވަތަ ބިމެއްގެ ކުލި ލިބޭނެ ގޮތެއް ހޯދައިދެއްވާނެކަމަށް ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓުގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެ އެވެ.

ކެއާ ސޮސައިޓީ ހިންގަމުން އަންނަ އިމާރާތުގައި، ސީޑީސީގެ ބެލެނިވެރިންނާއި ޓީޗަރުންނާއި ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ބައްދަލުވުމުގައި ޑރ. ޖަމީލު ވިދާޅުވީ ސްކޫލުތަކަށް ބިންދޭ ފަދައިން ދާއިމީ ގޮތެއްގައި ކެއާ ސޮސައިޓީ އަށް ބިމެއް ނުވަތަ ބިމެއް ލިބޭ ގޮތް ނުވެއްޖެ ނަމަ ބިމެއްގެ ކުލި ލިބޭނެ ގޮތެއް ޕީޕީއެމްގެ ސަރުކާރެއްގައި ހޯއްދައްވައި ދެއްވާނެ ކަމަށެވެ.

އިތުރަށް ޑރ ޖަމީލް ވިދާޅުވީ ޕީޕީއެމްގެ ސަރުކާރެއްގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެކުދިން ތިބޭ ސަރަހައްދުތަކަށް ޑޮކްޓަރުންނާއި ނަރުހުން ފޮނުވައިގެން ފަރުވާދެވޭނެ ކަމަށާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ސިއްހީ މަރުކަޒުތަކުގައި ކިއުގައި ނުޖެހި ފަރުވާ ލިބުމުގެ އިންތިޒާމް ހަަމަޖެއްސުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އެކުދިންނަށް ތައުލީމު އުނގެނުމަށްޓަކައި ބޭނުންވާ ވަސީލަތްތައް ޤާއިމް ކޮށްދޭނެ ކަމަށެވެ.

ފައިސާގެ ދަތިތަކާއި ހުރެ ސީޑީސީގެ ކުރިމަގާމެދު މިއަދު ވަނީ ސުވާލުއުފެދިފައެވެ. ސީޑީސީގައި މިހާރު ތިބި 41 ކުދިންގެ ތައުލީމް ހުއްޓޭ ހިސާބަށް ކަންތައް ގޮސްފައިވާއިރު ކެއާ ސޮސައިޓީގެ އެތަކެއް އާދޭސްތަކަކަށް އެއްވެސް ފަރާތަކުން ހައްލު ހޯދަދެވިފައި ނުވެއެވެ. ކެއާ ސޮސައިޓީގެ ގިނަ ސްޕޮންޝިޕްތައް އަންނަ އަހަރު ކެންސަލްކުރާނެކަން އެފަރާތްތަކުން އަންގާފައިވާއިރު ސީޑީސީ ހިންގާ އިމާރާތުގެ މަހުގެ ކުއްޔަށްވާ 48،000 ރުފިޔާއަށް އަދިވެސްވަނީ ދާއިމީ ހައްލެއް ނުލިބިފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.