ދިއިސްލާމް ނަޝީދުއަށް "ލާދީނީ" އޭ ކިޔާސަބަބު އޮޅުން ފިލުވަދިނުމަށްއެދި ދެވަނަ ސިޓީއެއް

ނަޝީދުއަށް "ލާދީނީ" އޭ ކިޔާސަބަބު އޮޅުން ފިލުވަދިނުމަށްއެދި ދެވަނަ ސިޓީއެއް

ނަޝީދުއަށް "ލާދީނީ" އޭ ކިޔާސަބަބު އޮޅުން ފިލުވަދިނުމަށްއެދި ދެވަނަ ސިޓީއެއް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދަށް ނިސްބަތްކުރައްވައި "ލާދީނީ"އޭ ވިދާޅުވާ ސަބަބު އޮޅުންފިލުވައިދިނުމަށްއެދި ދެވަނަ ސިޓީއެއް އިލެކްޝަންސް ކޮމިޝަންގެ ކޮމްޕްލެއިންޓްސް ބިއުރޯ އިން އަދާލަތު ޕާޓީގެ ނައިބު ރައީސް ޑރ. މައުރޫފަށް ފޮނުވައިފިއެވެ.

ދިއިސްލާމްއަށް މައުލޫމާތު ދެއްވަމުން ޑރ.މައުރޫފް ވިދާޅުވީ ނަޝީދުއަށް "ލާދީނީ" އޭ ވިދާޅުވާ ސަބަބު ބަޔާންކުރުމަށް އެދި ދެވަނަ ސިޓީއެއް މިއަދުގެ ވަގުތެއްގައި އަދާލަތު ޕާރޓީ އޮފީހަށް ލިބިފައިވާ ކަމަށާއި ސިޓީގައިވާ ގޮތުން މިއަދުގެ 12 ގެ ކުރިން ޖަވާބެއް ފޮނުވުމަށްވެސް އެދިފައިވާ ކަމަށެވެ.

ޑރ. މައުރޫފް އިތުރަށް ވިދާޅުވީ އިލެކްޝަންގެ ކަންކަން ހުރިގޮތުން އަޖައިބުވާން ޖެހޭކަމަށާއި އަދި މިހާރު ގެންދަވަނީ ސިޓީގެ ޖަވާބު ތައްޔާރުކުރައްވަމުން ކަމަށެވެ. އަދި ސިޓީގެ ޖަވާބު މީޑިއާތަކާއި ޙިއްސާ ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު މިދަނީ ސިޓީގެ ޖަވާބު ތައްޔާރުކުރަމުން، އަދި ސިޓީގެ ޖަވާބު މީޑިއާތަކާ ވެސް އަޅުގަނޑު ހިއްސާކުރާނަން،" ޑރ. މައުރޫފް ވިދާޅުވި އެވެ.

ކުރިން އިލެކްޝަންއިން ފޮނުވި ސިޓީގައި ބުނެފައިވަނީ 10 ސެޕްޓެމްބަރ 2013 ވަނަ ދުވަހު ޖުމްހޫރީ ޕާޓީއިން ބޭއްވި ޖަލްސާގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު މުޙައްމަދު ނަޝީދަކީ ލާދީނީ މީހެއް ކަމަށް ބުނެ ޤައުމީ އިލެކްޝަންސް ކޮމްޕިލިމެންޓުސް ބިއުރޯއަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.