ޖަމްއިއްޔަތުއް ސަލަފްއިން އިންތިޒާމްކޮށްގެން ބޭއްވި އަންދަލުސް ދަރުސްގެ ސީޑި މިއަދު ނިކުމެއްޖެއެވެ.
އައްޝައިހް އާދަމް ޝަމީމް އަދި އައްޝައިހް އަހުމަދު ސަމީރު ދެއްވާފައިވާ އަންދަލުސް ދަރުސްގެ ސީޑީ ޖަމްއިއްޔަތުއް ސަލަފްގެ އޮފީހުންނާއި އަބާޔާ ފިހާރައިން ލިބެން ހުންނާނެ ކަމަށާއި ސީޑި އެއްގެ އަގަކީ -/35 ރުފިޔާ ކަމަށް ސަލަފް ޖަމިއްޔާއިން މައުލޫމާތު ދެއެވެ.
މިދިޔަ އަންގާރަ ދުވަހުގެރޭ ދަރުބާރުގޭގައި ބޭއްވި އަންދަލުސް ދަރުސްއަކީ ދިވެހިރާއްޖޭގެ ފަހުގެ ތާރީޚްގައި އެންމެ ގިނަ ރައްޔިތުން ބަލާފަވާ އެއް ދަރުސްއެވެ. ފޭސްބުކް އަދި ޓްވިޓަރ ފަދަ ސޯޝަލް މީޑިއާތަކުގައި މިދަރުސްގެ އަޑު ހިއްޕާލާފައިވާއިރު، "ދަރުސްލައިވް " ވެބްސައިޓް މެދުވެރިކޮށް 9000 އަށްވުރެ ގިނަމީހުން މިދަރުސް ބަލާފައިވާ ކަަމަށް އަންދާޒާ ކުރެވެއެވެ. އަދި ދަރުސް ހިނގަމުން ދިޔައިރު ރާއްޖޭގެ ފަސް ޓީވީ އަކުންވަނީ މިދަރުސް ލައިވް ކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...