އައްޝައިޚް އާދަމް ޝަމީމްއާއި ޒާތީގޮތުން ދިމާކުރަމުން ގެންދާތީ އެކަން ކުށްވެރިކުރާކަމަށް ޑރ. ޝަހީމް ވިދާޅުވެއްޖެއެވެ.
ޝައިޚް އާދަމް ޝަމީމް ދެއްވި ތަޤްރީރަކާއި ގުޅިގެން އެމަނިކުފާނު ބަދުނާމުކޮށް، ޒާތިގޮތުން ދިމާކޮށް އެމަނިކުފާނުގެ އަބުރާބެހި ބައެއް ޓީވީ ޗެނަލްތަކުން ކުރިއަށް ގެންދާ ކަންތައްތައް ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ފޭސްބުކް ޕޭޖްގައި ލިޔެފައިވެއެވެ.
އިތުރަށް އެމަނިކުފާނު ލިޔުއްވާފަވަނީ މިފަދަ ކަންތައްތަކަކީ ޤަބޫލުކުރެވޭނެ ކަންތައްތަކެއް ނޫންކަމަށާއި މިފަދަ ހުރުމަތްތެރިވެގެންވާ މައްސަރެއްގައި އަމުދުން ކޮށްގެންވާނެ ކަންތައްތަކެއް ނޫންކަމަށްވެސް ލިޔުއްވާފަވެއެވެ.
ޝެއިޚް އާދަމް ޝަމީމްއަކީ ރާއްޖޭގެ ފަހުގެ ތާރީޚްގައި އިސްލާމްދީނުގެ ދައުވަތު ފެތުރުމުގައި ފާހަގަކޮށްލެވޭ ޢިލްމުވެރި ބޭފުޅެއްކަމަށާއި އެމަނިކުފާނު ދައްކަވާފައިވާ ވާހަކަފުޅަކަށް ފާޑުކިޔާނަމަ ކިޔަންވާނީ ޢިލްމީ ގޮތަކަށް ކަމަށްވެސް ޑރ. ޝަހީމް ލިޔުއްވާފައިވެއެވެ. އަދި ޝެއިޚް ޝަމީމްއާއި ބެހޭ ގޮތުން ހަޤީޤަތާއި ހިލާފު ވާހަކަތައް ފަތުރާ، އަގުވައްޓާލާ، ޒާތީގޮތުން ދިމާކޮށް ކަންކަން ކުރުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމުގައިވެސް ޑރ. ޝަހީމް ފާހަގަ ކުރައްވާފައި ވެއެވެ.
މިފަދައިން ކަންތައްތަކެއް މިހިނގަނީ މިމަހު 17 ވަނަ ދުވަހުގެ ރޭ އަންދަލުސް ނަމުގައި ޝެއިޚް އާދަމް ޝަމީމް ދެއްވި ދަރުސްއަކާއި ގުޅިގެންނެވެ. އެގޮތުން މިދަރުސް ޓިވީއެމްއިން ލައިވް ކުރުމުގެ ސަބަބުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން ވަނީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެޖޯރިޓީ އޮންނަ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ސަބް ކޮމެޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. އަދި މިދަރުސް ބާއްވާތީ ފިޔަވަޅު އެޅުމަށް އެމްޑީޕީއިން އެދިފައިވާ ސިޓީއެއް ވެސް ވަނީ އާއްމުވެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...