ގައުމުގައި ހައިޖާން އުފައްދަވަން ނޫޅުމަށް ޝޭހުންނަށް މުހައްމަދު ނަޝީދު ގޮވާލައިފިއެވެ.
އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ "ކުރި އަށް އޮތް މަސް ދުވަހަކީ ސުލްހައިގެ މަހަކަށް ހައްދަވައި ދެއްވާށޭ. ޝޭހުންނަށް ވެސް ދަންނަވާލަން ބޭނުން ވަނީ ގައުމުގައި ހައިޖާން އުފައްދަވަން ނޫޅުއްވާށޭ. އަޅުގަނޑުމެން ވެސް ކުރި އަށް އޮތް މަސް ދުވަހުގެ ތެރޭގައި ތިޔަ ބޭފުޅުންގެ ވާހަކައެއް ނުދައްކާނަން. ތިޔަ ބޭފުޅުން ވެސް ގައުމުގައި ހައިޖާން އުފެދޭ ކަހަލަ ވާހަކަފުޅު ނުދައްކަވައްޗޭ." މިފަދައިންނެވެ.
ހެންވޭރުގައި އެމްޑީޕީގެ "ކުޅިވަރު ޖަގަހަ" ހުޅުއްވައި ދެއްވައި ވާހަކަފުޅު ދައްކަވަމުން ނަޝީދު އިތުރަށް ވިދާޅުވީ އަދާލަތު ޕާޓީ އިން ބަލި ގަބޫލު ކުރައްވަންޖެހޭ ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...