ރާއްޖޭގެ ޚަބަރު ކ. ގުރައިދޫގައި ޢަދާލަތު ޕާޓީގެ ޖަގަހައެއް ހުޅުވައިފި

ކ. ގުރައިދޫގައި ޢަދާލަތު ޕާޓީގެ ޖަގަހައެއް ހުޅުވައިފި

ކ. ގުރައިދޫގައި ޢަދާލަތު ޕާޓީގެ ޖަގަހައެއް ހުޅުވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކ. ގުރައިދޫގައި ޢަދާލަތު ޕާޓީގެ ޖަގަހައެއް ހުޅުވައިފިއެވެ.

"ޢަދާލަތު ފެންޑާ"ގެ ނަމުން ނަންދެވިފައިވާ މިޖަގަ ހުޅުވީ އިއްޔެ ކަމަށް ޢަދާލަތު ޕާޓީ ގުރައިދޫ ގޮފިން ހާމަކުރެއެވެ. ޖަގަހަ ރަސްމީކޮށް ހުޅުއްވާދެއްވީ ޢަދާލަތު ޕާޓީގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީގެ ރައީސް އަދި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.

ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ "މިފަދަ ޖަގަހައެއް ގުރައިދޫގައި ފުރަތަމަ ފަހަރަށް ހުޅުވިގެން ދިއުމީ ޢަދާލަތު ޕާޓީ އަށް ގުރައިދޫގެ ފުރިހަމަ ތާއީދެއް އޮތްކަން ހާމަކޮށްދޭ ކަމެއްގެ ގޮތުގައި"ކަމަށެވެ. އަދި "ޖަގަހަ ގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ނަޞޭޙަތް ތެރިވި" ކަމަށާއި "އަދާލަތު ޕާޓީއަށް 10000 މެންބަރުން ހަމަކުރުމަށް ހިންގި ޚަރަކާތުގައި މިރަށުން ސަތޭކައަށްވުރެ ގިނަ މެންބަރުން ލިބުނުކަން ފާހަގަކޮށް އެކަމުގައި ގުރައިދޫ އިން އެހީތެރިވެ ދެއްވި ޢަދާލާތު ޕާޓީގެ އެންމެހާ މެންބަރުންނަށް ޝުކުރު އަދާކުރެއްވި"އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.