މި އަހަރު ފަރުޟު ހައްޖަށް ދާން ބޭނުންވާ މީހުންނަށް އިސްކަންދިނުމަށް މިނިސްޓާރ ގޮވާލައިފިއެވެ.
ޙައްޖު ކޯޓާއިން ވިހި އިންސައްތަ އުނިކުރުމަށް ސައުދީ ސަރުކާރުން އަންގާފައިވާތީ ޙައްޖަށް ދިއުމަށް ބޭނުންވެފައިވާ ގިނަ ބަޔަކަށް އެފުރުސަތު ގެއްލުމުގެ ސަބަބުން އެކަމާއި ގުޅިގެން ބޭއްވި ނޫސްކޮންފަރެންސްގައި އިސްލާމިކް މިނިސްޓާރ ޑރ ޝަހީމް ވިދާޅުވީ "ކޯޓާ މަދުކުރަން ޖެހުމަކީ ރާއްޖެއަށް އެކަނި ދިމާވެގެން އުޅޭ ކަމެއް ނޫން"ކަމަށާއި "އެހެންކަމުން ހިތްތިރިކަމާއި ކެތްތެރިކަމާ އެކު ސައުދީގެ ނިންމުން ބަލައިގަނެ، މި އަހަރު ފަރުޟު ހައްޖަށް ދާން ބޭނުންވާ މީހުންނަށް އިސްކަންދިނުމަށް" އެދޭކަމަށެވެ.
ކޮންމެ އަހަރަކު 1000 މީހުންގެ ކޯޓާވަނީ ދޫކޮށްފައެވެ. 20 އިންސައްތަ އުނިކުރުމުން މި އަހަރު ރާއްޖެއަށް ލިބިފައިވަނީ 800 މީހުންގެ ކޯޓާއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...