ރާއްޖޭގެ ޚަބަރު އިސްލާމްދީނުގެ ފަޚުރު ދެމެހެއްޓި ދިވެހި އަންހެން ދަރީންނަށް މަރުހަބާ ދަންނަވަން: ޑރ ޝަހީމް

އިސްލާމްދީނުގެ ފަޚުރު ދެމެހެއްޓި ދިވެހި އަންހެން ދަރީންނަށް މަރުހަބާ ދަންނަވަން: ޑރ ޝަހީމް

އިސްލާމްދީނުގެ ފަޚުރު ދެމެހެއްޓި ދިވެހި އަންހެން ދަރީންނަށް މަރުހަބާ ދަންނަވަން: ޑރ ޝަހީމް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިސްލާމްދީނުގެ ފަޚުރު ދެމެހެއްޓި ދިވެހި އަންހެން ދަރީންނަށް މަރުހަބާ ދަންނަވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ތައިލެންޑްގައި ކުރިއަށްދާ 18 އަހަރުން ދަށުގެ ފީބާ އޭޝިއަން ތްރީ އޮން ތްރީ ބާސްކެޓް މުބާރާތުގައި ރާއްޖެއިން ބައިވެރިވި އަންހެން ޓީމު މުބާރާތުން ޑިސްކޮލިފައިކޮށްފައިވަނީ ބުރުގާ ނަގައިގެން ނުކުޅެވޭނެ ކަމަށް އަންގާފައިވާތީ އިސްލާމިކް މިނިސްޓާރ ވިދާޅުވީ "ކުޅިވަރު މުބާރާގައި ބައިވެރި ވެވެން އޮތީ ބުރުގާ ބާލައިގެންކަމަށް އެދުމުން އެކަމާ އިންކާރިކޮށް ކުޅިވަރު މުބާރާތުން ވަކިވާން ޖެހުނަސް އެކަން ނުކޮށް، އިސްލާމްދީނުގެ ކަމެއްގަ ހިފެހެއްޓި ދިވެހި އަންހެން ދަރީންނަކަށް ދިވެހި ޤައުމުގެ ފަހުރު ވެރިވާ"ކަމަށެވެ.

"އިސްލާމިކް މިނިސްޓަރ ގެ ޙައިސިއްޔަތުންނާއި ޢަދާލަތު ޕާތީގެ ފަރާތުން މި އުޙްތުންނަށް މަރުޙަބާ ދަންނަވާ"ކަމަށްވެސް ޑރ ޝަހީމް ވިދާޅުވިއެވެ.

ބާސްކެޓް ގަވާއިދު ބުނާ ގޮތުން ބުރުގާ އަޅައިގެން ކުޅުމަކީ މަނާ ކަމެއް، ރާއްޖޭގެ ޓީމުގައި ހިމެނޭ ހަތަރު ކުޅުންތެރިންގެ ދެ ކުޅުންތެރިންނަކީ ބުރުގާ އަޅާ ދެ ކުޅުންތެރިންނެވެ. އެކުދިން ބުރުގާ ބާލައިގެން ކުޅެން ދެކޮޅުހެދުމުން ދިވެހި ބާސްކެޓް ޓީމް ވަނީ މުބާރާތުން ބާކީ ކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.