ޑރ އަފްރާޝީމަކީ އެމްޑީޕީއާއި ވަރަށް ގާތްބޭފުޅެއްކަމަށް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ޑރ އަފްރާޝިމް އަވަހާރަކޮށްލި މައްސަލައާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއި ގުޅުމެއް ވާކަމަށް ބައެއް ފަރާތްތަކުން ކުރަމުންދާ ތުހުމަތުތަކަށް އިޝާރާތްކުރަމުން ނަޝީދު ވިދާޅުވީ "ޑރ އަފްރާޝީމަކީ އެމްޑީޕީއާއި ވަރަށް ގާތްބޭފުޅެއްކަމަށާއި. އެމްޑީޕީއަކީ އެކަހަލަ ޖަރީމާތައް ހިންގެނެ ޕާޓީއެއް ނޫން."ކަމަށެވެ. އަދި ނަޝީދު އިތުރަށް ވިދާޅުވީ "އެމްޑީޕީން މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް ތަރައްޤީ ހޯދައި ދިނުމަށް"ކަމަށެވެ.
ނ ހެނބަދޫގައި އިއްޔެ ހަވީރު އެމްޑީޕީ ޖަގަހަ ހުޅުވުމަށްފަހު ދެއްކެވި ވާހަކަދައްކަމުން ނަޝީދު އިތުރަށް ވިދާޅުވީ "ޑރ އަފްރާޝީމް އަލީ އަވަހާރަކޮށްލި އެމްޑީޕީންކަން ދެއްކުމަށް ވަރަށް ގިނަ މަސައްކަތް ކުރަމުން ގެންދާ"ކަމަށާއި "އިއްޔެގެ ހުމާމްގެ ޝަރީއަތަށްފަހު އެއަޑުތައް އިތުރުވެފައިވާ"ކަމަށެވެ. އަދި "މިއީ ޑރ އަފްރާޝީމް އަވަހާރަކޮށްލި ހާދިސާ އެމްޑީޕީގެ ބޮލުގައި އަޅުވަން މަސައްކަތްކުރި ހަތަރުވަނަ ފަހަރު"ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ޑރ އަފްރާޝިމް އަވަހާރަވި ގޮތް ކިޔައިދެމުން ޝަރީއަތުގެ ކުރިމަތީ ހުމާމް ބުނެފައިވަނީ ޑރ އަފްރާޝިމް މަރާލީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހު ޓީވީތަކުގައި އަފްރާޝީމް ދެއްކެވި ވާހަކަތަކަކީ އޭނާ ދުއްވާލަން ޖެހޭ ސަބަބެއް ކަމަށް އެމަރުގެ މައްސަލާގައި ހިމެނޭ އިސް މީހުން ބުނެފައިވާތީކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...