ރާއްޖޭގެ ޚަބަރު މަލީޝާއަށް ފައިސާ ދެއްކި މީހުންނާ އިސްލާމިކް މިނިސްޓްރީން ބައްދަލުކޮށްފި

މަލީޝާއަށް ފައިސާ ދެއްކި މީހުންނާ އިސްލާމިކް މިނިސްޓްރީން ބައްދަލުކޮށްފި

މަލީޝާއަށް ފައިސާ ދެއްކި މީހުންނާ އިސްލާމިކް މިނިސްޓްރީން ބައްދަލުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މަލީޝާ ހައްޖު ގްރޫޕް މެދުވެރިކޮށް މިދިޔަ އަހަރު ފައިސާ ދެއްކި މީހުންނާއި އިސްލާމިކް މިނިސްޓްރީން ބައްދަލުކޮށްފިިއެވެ.

އިސްލާމިކް މިނިސްޓްރީއިން މަލީޝާ ހައްޖު ގްރޫޕް މެދުވެރިކޮށް މިދިޔަ އަހަރު ފައިސާ ދެއްކި މީހުންނާއި ބައްދަލުކޮށްފައިވަނީ އިއްޔެ ގެ ހެނދުނުގެ ވަގުތެއްގައެވެ. އިސްލާމިކް މިނިސްޓްރީއިން މައުލޫމާތު ދިން ގޮތުގައި "މިނިސްޓްރީއަށް 86 މީހަކު ދިޔަ ކަމަށާއި އެމީހުންނާއި ބައްދަލުކޮށް އެމީހުންގެ ފުރިހަމަ މައުލޫމާތު އެއްކުރި އިރު، ފަރުލު ހައްޖެއް ކޮށްފައިވާ މީހުންނާއި، ހައްޖެއް ނުކުރާ މީހުންގެ އިތުރުން، އޭގެ ތެރެއިން އަމިއްލަ ޚަރަދުގައި ހައްޖެއް ކުރެވޭނީ ކޮން ބަޔަކަށްތޯ ސާފު ކޮށްފައިވާނެ" ކަމަށެވެ.

އިސްލާމިކް މިނިސްޓްރީއިން މިޑީއާގައި ވިދާޅުވެފައިވަނީ "މަލީޝާ ޖަމާއަތް މެދުވެރިކޮށް ހައްޖަށް ދިއުމަށް ފައިސާ ދެއްކި މީހުންގެ މައުލޫމާތު މީގެ ކުރިން މިނިސްޓްރީއަށް ލިބިފައިވަނީ، ފުލުހުންނާއި އެކިއެކި ފަރާތްތައް މެދުވެރިކޮށް ކަމަށާއި ނަމަވެސް އިސްލާމީ މަރުކަޒުގައި ބޭއްވި ބައްދަލުވުމުގައި ފައިސާ ދެއްކި މީހުންގެ ގާތުން މައުލޫމާތު އޮޅުން ފިލުވާފައިވާ"ކަމަށެވެ.

މަލީޝާއަށް ފައިސާ ދެއްކި މީހުންނާ އިސްލާމިކް މިނިސްޓްރީން ބައްދަލުކޮށްފައިވާއިރު މަލީޝާގެ ވެރިޔާގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.