ޢިލްމުވެރިން ދެއްކި ވާހަކަތަކަކީ ހަގީގަތްކަން ޝެއިޚް އިލްޔާސްގެ ޒަރީއާއިން އެނގިއްޖެކަމަށް ޝެއިޚް އަހުމަދު ސަމީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ދިއިސްލާމްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝެއިޚް ސަމީރު ވިދާޅުވީ މަޖިލީހުގެ ކޮމެޓީ މެމްބަރުން މިއަދާއި ހަމައަށްވެސް ދައްކަވަމުން އެގެންދެވީ ދޮގުކަން ސާފުކޮށް ބަޔާންވެގެން ހިނގައްޖެކަމަށެވެ. އިއްޔެ ޝެއިޚް އިލްޔާސް މަޖިލީހަށް ހާޒިރުކުރުމުން ޝެއިޚް ދެއްކެވި ހިތްވަރު ފާހަގަކުރައްވާ ޝެއިޚް ސަމީރު ވިދާޅުވީ "އެކަމުގައި އެންމެ އިސްކޮށް ހުންނެވި ބޭފުޅަކީ ޝެއިޚް އިލްޔާސް ހުސެއިން. އެބޭފުޅާގެ ޒަރީއާއިން އެނގިގެން ހިނގައްޖެ ޢިލްމުވެރިން އެދެއްކި ވާހަކަތަކަކީ ހަގީގަތެއްކަމާއި މަޖިލީހުގެ ކޮމެޓީ މެމްބަރުން މިއަދާއި ހަމައަށްވެސް ދައްކަވަމުން އެގެންދެވީ ދޮގުކަން ސާފުކޮށް ބަޔާންވެގެން ހިނގައްޖެ."ކަމަށެވެ. މިކަންތަކަށްފަހު "ކޮން ބަޔަކަށް ކަން އަޅުގަނޑުމެން އިތުބާރު ކުރަންވީ އެނގިގެން ހިނގައްޖެ."ކަމަށްވެސް ޝެއިޚް ސަމީރު ވިދާޅުވިއެވެ.
"ޝެއިޚުން ބަދުނާމު ކުރުމުގެ މަޤްސަދުގައި އެކަހަލަ މަޖިލީހަކަށް ހާޒިރު ކުރެވި އެމީހުން އަމިއްލައަށް އެމީހުންގެ ކުށަށް އިއުތިރާފު ވީ"ކަމަށާއި "ކުރިން ދައްކަމުން ދިޔަ ވާހަކަ ރަނގަޅު ނޫންކަމާއި ޤުރުއާނާއި ސުންނަތާއި ޚިލާފު މާއްދާތަކެއް އޭގައި ހުރިކަން ރާއްޖޭގެ ރައްޔިތުންގެ ކުރިމަތީގައި އެއްބަސްވުން އެއީ އިސްލާމް ދީނަށާއި ޢިލްމުވެރިނަށް ލިބުނު ވަރަށް ބޮޑު ނަސްރެއް."ކަމަށެވެ.
ޝެއިޚް ސަމީރު އިތުރަށް ވިދާޅުވީ "ޝެއިޚް އިލްޔާސް އެދެއްކެވި ހަރުދަނާ ކަމާއި ސާބިތުކަމަށް ވަރަށް އުފާ ކުރާ"ކަމަށާއި "އަޅުގަނޑުގެ ދުއާއަކީ ހައްގުގެ މަގުގައި އެބޭފުޅާއަށް ސާބިތުކަން ދެއްވުން."ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...