ރާއްޖޭގެ ޚަބަރު މަލީޝާ މައްސަލާގައި ޖަވާބުދާރީވާން މުއްދަތު ދެވޭކަށް ނެތް: ޤާޒީ

މަލީޝާ މައްސަލާގައި ޖަވާބުދާރީވާން މުއްދަތު ދެވޭކަށް ނެތް: ޤާޒީ

މަލީޝާ މައްސަލާގައި ޖަވާބުދާރީވާން މުއްދަތު ދެވޭކަށް ނެތް: ޤާޒީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މަލީޝާ މައްސަލާގައި ޖަވާބުދާރީވާން މަލީޝާގެ ވެރިޔާގެ ވަކީލް އެދުމުން އިތުރު މުއްދަތު ދެވޭކަށް ނެތް ކަމަށް ޤާޒީ ބުނެފިއެވެ.

ކްރިމިނަލް ކޯޓުގައި އިއްޔެ އޮތް އަޑު އެހުމުގައި ދައުލަތުން އިސްމާއިލްގެ މައްޗަށް ހިޔާނާތުގެ ދައުވާ އުފުލުމަށްފަހު ދައުވާ ސާފުވެއްޖެތޯ އިސްމާއިލްއާ ގާޒީ ސުވާލުކުރެއްވުމުން 20 ދުވަހުގެ މުއްދަތަކަށް އިސްމާއިލްގެ ފަރާތުން އެދިފައެވެ. ނަމަވެސް ގާޒީ ވިދާޅުވީ އެވަރަށް މުއްދަތު ދެވެން ނެތް ކަމަށާއި 23 ވަނަ ދުވަހަށް މައްސަލަ ޝެޑިއުލްކޮށް އެ ދުވަހު ޖަވާބުދާރީވުށެވެ. އަދި ގާޒީ ވަނީ ދެ ފަރާތުގެ ހެކި ހުށަހެޅުމަށް އަންގާފައެވެ.

މަލީޝާގެ ހައްޖު އެންޑް އުމްރާ ސާވިސްގެ ވެރިޔާ އިސްމާއިލް އަބްދުއްލަތީފް ގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ގާނޫނުލް އުގޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި 132 ވަނަ މާއްދާގެ ދަށުންނެވެ. ހައްޖަށް މީހުން ގެންގޮސްދޭނެ ކަމަށް ބުނެ ގިނަ އަދަދެއްގެ މީހުން އަތުން އޮޅުވާލައިގެން ފައިސާ އަތުލި މައްސަލާގައި ދައުލަތުން ވަނީ ހިޔާނާތްތެރިވި ފައިސާ އެ ފައިސާގެ ހައްގުވެރިިންނަށް ހޯދައިދިނުމަށް ދައުވާގައި އެދިފައެވެ.

ހައްޖަށް ގެންދިއުމަށް މަލީޝާ ޖަމާއަތުން ވަނީ 8.6 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގައިފަ އެވެ. ފައިސާ ނެގުމަށްފަހު ފިލައިގެން ރާއްޖެއިން ބޭރުގައި އުޅެނިކޮން މަލީޝާގެ ވެރިޔާ ހައްޔަރުކުރީ ސްރީ ލަންކާގައި އުޅެނިކޮށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.