"މެރިޖް ކާޑް" ހަދައިދޭން ފަށައިފިއެވެ.
ކާޑު ހަދައިދޭ ތާރީހުން ފެށިގެން 10 އަހަރުގެ މުއްދަތަކަށް ދެމިގެންދާ މި ކާޑަކީ ރާއްޖޭގެ ކޯޓެއްގައި ކައިވެނި ރަޖިސްޓްރީކޮށް އެ ކައިވެނި މަތީގައި ދެމިތިބި ކޮންމެ މީހަކަށްވެސް ދޫކުރާ ކާޑެކެވެ. ވޮލެޓުގައި ފަސޭހައިން ގޭންގުޅެވޭ ގޮތަށް ތައްޔާރުކޮށްފައިވާ މި ކާޑު ހެއްދުމަށްޓަކައި 250ރ ގެ ފީ އާއިއެކު ފޯމް ހުށައަޅާއިތާ 7 ދުވަހުގެ ތެރެއިން މި ކާޑު ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ކާޑު ގެންގުޅޭ ދެމަފިރިއަކު ވަރިވެއްޖެނަމަ އެ ކާޑު ކޯޓާ ހަވާލުކުރަންވާނެއެވެ،
"މެރިޖް ކާޑް" ގައި އަނބިމީހާ އާއި ފިރިމީހާގެ ފޮޓޯ އަދި އައިޑީ ކާޑު ނަމްބަރާ އެކު ދެމަފިރިންގެ ކައިވެނީގެ މައުލޫމާތު ހިމެނިފައިވާނެކަމަށް ފެމެލީ ކޯޓުން ހާމަކުރެއެވެ. ޢަދި މި ކާޑަކީ ކޮންމެހެން ހައްދަން މަޖްބޫރު ކާޑެއް ނޫންކަމަށްވެސް އެކޯޓުން ހާމަކުރެއެވެ.
މި ކާޑު ދޫކުރަން ފެށުމުގެ އިތުރުން ފެމިލީ ކޯޓުން ވަނީ މިއަދު ވަރިވުމަށް އެދި ހުށައަޅައި ފޯމަށްވެސް ބަދަލުގެނެއްސައެވެ. މިގޮތުން މީގެ ކުރިން ވަރިކުރުމަށާއި އަނބިމީހާ އަމިއްލައަށް ވަރިވާން އެއް ފޯމަކުން ހުށަހެޅި ނަމަވެސް މިއަދުން ފެށިގެންވަނީ ވަރިކުރުމަށް އެދި ހުށަޅާ ފޯމަކާއި ވަރިވުމަށް އެދި ހުށަހަޅާ ފޯމެއް ތައާރަފްކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...