ރާއްޖޭގެ ޚަބަރު މިދިޔަ އަހަރުގެ މަރުގެ ހުރިހާ މައްސަލަތަކެއްގެ ތަޙުޤީޤު ނިންމައި ޕީޖީއަށް ފޮނުވައިފި

މިދިޔަ އަހަރުގެ މަރުގެ ހުރިހާ މައްސަލަތަކެއްގެ ތަޙުޤީޤު ނިންމައި ޕީޖީއަށް ފޮނުވައިފި

މިދިޔަ އަހަރުގެ މަރުގެ ހުރިހާ މައްސަލަތަކެއްގެ ތަޙުޤީޤު ނިންމައި ޕީޖީއަށް ފޮނުވައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

2012 ވަނަ އަހަރު ފުލުހުންނަށް ހުށަހެޅުނު 9 މީހެއްގެ މަރުގެ މައްސަލައިގެ ތަޙުޤީޤު ނިންމައި ޕްރޮސެކިޓް (ޕީޖީ) އޮފީހަށް ފޮނުވައިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާއިން އާއްމުކޮށްފައިވާ ވީޑިއޯއެއްގައި ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓްގެ ހެޑް މުހައްމަދު ދާއޫދު ވިދާޅުވީ، 2012 ވަނަ އަހަރު ހިނގާދިޔަ މަރުގެ ހުރިހާ މައްސަލަތަކެއްގެ ތަހުގީގު ނިންމާ މައްސަލަ ޝަރީއަތަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް މައްސަލަތައް މިހާރު ޝަރީއަތުގައި ކުރިއަށް ދާއިރު ބައެއް މައްސަލަތަކުގައި ހުކުމް އިއްވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދާއޫދު އިތުރަށް ވިދާޅުވީ، ތަހުގީގު ނިންމާ، ޕީޖީ އަށް ފޮނުވި ނަމަވެސް ޝަރީއަތާ ހަމައިން ބައެއް މީހުން ނުފޫޒު ފޯރުވާ ކަމަށެވެ. އެގޮތުން ތަހުގީގަށް ދީފައިވާ ހެކި ބަސް އޮޅުވާލައި، ހެކި ބަސް ދޭ މީހާ އަށް ނުފޫޒު ފޯރުވައިގެން މައްސަލައިގެ އަސްލު ގެއްލުވާލުމަށް ބައެއް ފަރާތްތަކުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ދާއޫދު ވިދާޅުވި އެވެ.

ދާއޫދު ވިދާޅުވިގޮތުގައި، މަރުގެ މައްސަލަތަކަކީ ފުލުހުން އެންމެ އިސްކަންދޭ މައްސަލަތައް ކަމަށާއި ފުލުހުންގެ ހުރި ހުރިހާ ރިސޯސެއްގެ ބޭނުންކޮށްގެން މިފަދަ މައްސަލަތަކުގެ އަސްލު ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި މަރުގެ މައްސަލަތަކުގެ ތަޙުގީގާއި ޝަރީއަތް ނިންމައި ވީހާވެސް އަވަހަށް އެފަރާތް ތަކަށް ޤާނޫނީ ގޮތުން ޙައްޤު އަދަބު ދިނުމަކީ މިފަދަ ޖަރީމަތައް ހުއްޓުވި އެފަރާތްތައް ޖެހިލުންވާނެ ކަމެއްކަމަށް ދާއޫދު ވިދާޅުވިއެވެ.

މިދިޔަ އަހަރަކީ މިހާތަނަށް އެންމެ ގިނައިން މަރުގެ މައްސަލަތައް ހުށަހަޅާފައިވާ އަހަރުކަމަށާއި އަހަރުގެ މިހާތަނަށް މަރުގެ އެއްވެސް މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ނެތް ކަން ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ. މިއީ މަރުގެ މައްސަލަތައް ތަހުގީގުކޮށް، އޭގައި ޝާމިލުވާ ފަރާތްތަކަށް ހައްގު އަދަބު ދީ، މުޖުތަމައުގެ އަމާންތަނަކަށް ހެދުމަށް ފުލުހުން ކުރި މަސައްކަތުގެ ނަތީޖާ ކަމަށާއި މިފަދަ ކުރިއެރުން ރައްޔިތުންގެ ފަރާތުންލިބޭ އެޙީތެރިކަމާއި ހިތްވަރުންކަމަށް ފުލުހުން ހާމަކުރެއެވެ.

މަރުގެ މައްސަލާގެ ތުހުމަތުގައި ފުލުހުން 45 މީހަކު ތަހުގީގަށް ހައްޔަރުކޮށްފައިވާއިރު އޭގެ ތެރޭގައި 18 އަހަރުން ދަށުގެ 9 ކުދިން ހިމެނެ އެވެ. އަދި މިމައްސަލަތަކުގެ ތެރެއިން 2 މައްސަލައިގެ ޝަރީއަތް ނިމި 3 މީހެއްގެ މައްޗަށް މަރުގެ ހުކުމް ކްރިމިނަލް ކޯޓުން ވަނީ އިއްވާފަ އެވެ. އަދި ވެސްޓް ޕާކް ކައިރިން ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ މ. ފެއާރީކޯނާ އަލީ ސިފާން (ތޮޅި ޕެލޭ) 29ގެ މައްސަލާގަ ފުލުހުން ހައްޔަރުކުރި 6 މީހެއްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަހަރު ހުކުމްކުރި އެވެ. 2012 ވަނަ އަހަރު 9 މީހެއްްގެ މަރުގެ މައްސަލަވަނީ ފުލުހުންނަށް ހުށަހެޅިފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.