ރާއްޖޭގެ ޚަބަރު މަލީޝާގެ ވެރިޔާގެ މައްޗަށް ހިޔާނާތުގެ ދައުވާ އުފުލައިފި

މަލީޝާގެ ވެރިޔާގެ މައްޗަށް ހިޔާނާތުގެ ދައުވާ އުފުލައިފި

މަލީޝާގެ ވެރިޔާގެ މައްޗަށް ހިޔާނާތުގެ ދައުވާ އުފުލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޙައްޖަށް މީހުން ގެންގޮސްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގުމަށްފަހު ފިލައިގެން އުޅެނިކޮށް ހައްޔަރުކުރި މަލީޝާ ހައްޖު އެންޑް އުމްރާ ސާވިސްގެ ވެރިޔާ އިސްމާއީލް ޢަބްދުއްލަތީފްގެ މައްޗަށް ދައުވާ ކުރަން ޕީޖީ އޮފީހުން ކޯޓަށް ހުށަހަޅައިފިއެވެ.

ނުވަދިހަ ދެ މީހެއްގެ ހެކި ބަހާއި އެކު ޕީޖީ އޮފީހުން މިއަދު ކޯޓަށް ފޮނުވި މައްްސަލައިގައި އިސްމާއިލް އަބްދުއްލަތީފްގެ މައްޗަށް ދައުވާކޮށްފައިވަނީ 1433 ވަނަ އަހަރު ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ އިސްމާއީލް އަބުދުއްލަތީފު ގިނަ އަދަދެއްގެ ބައެއްގެ އަތުން ނަގާފައިވާ އައްމިލިއަން ހަލައްކަ ސައްބީސް ހާސް ރުފިޔާއަށް އޭނާ ހިޔާނާތްތެރި ވެފައިވާ ކަމަށެވެ.

މަލީޝާގެ ވެރިޔާ މައްސަލަ ތަހުގީގު ކުރުމަށްފަހު ޕީޖީއަށް ފޮނުވާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ލަންކާގައި ފިލައިގެން އުޅެނިކޮށް އިންޓަޕޯލު ރެޑްނޯޓިސް ނެރެގެންނެވެ. އޭނާ މިހާރު ހުރީ މައްސަލަ ނިމެންދެން ގޭބަންދުގައި ބަހައްޓާފައެވެ.

ހައްޖަށް ގެންދާނެ ކަމަށް ބުނެ 126 މީހެއްގެ އަތުން ޖުމްލަ އަށް ލައްކަ ރުފިޔާ އަށްވުރެ ގިނައިން ފައިސާ ނަގާފައިވެއެވެ.

މަލީޝާ ހައްޖު ޖަމާއަތުގެ އެހީގައި މިދިޔަ އަހަރު ހައްޖަށްނުދެވުނުމީހުންނަށް މިއަހަރު ހައްޖަށް ގެންދިއުމަށް ސަރުކާރުން ގެންދަނީ އިންތިޒާމްތަކެއް ހަމަަޖައްސަމުންނެވެ. އެގޮތުން ސައުދީ ސަރުކާރުން މިއަހަރު ދިވެހިރާއްޖެއަށް ދީފައިވާ 1،000 ކޯޓާގެ ތެރެެއިން 126 ކޯޓާއި ވަނީ އެމީހުންނަށް ހާއްސަކޮށްފައެވެ. ނަމަވެސް އިސްލާމިކް މިނިސްޓްރީން ބުނީ އެމީހުންނަށް އަދި ފައިސާ ހަމަޖެހިފައި ނުވާ ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.