ރާއްޖޭގެ ޚަބަރު އަފްޣާނިސްތާންގެ އާ ސަފީރުން ރައީސަށް ފަތްކޮޅު އަރުއްވައިފި

އަފްޣާނިސްތާންގެ އާ ސަފީރުން ރައީސަށް ފަތްކޮޅު އަރުއްވައިފި

އަފްޣާނިސްތާންގެ އާ ސަފީރުން ރައީސަށް ފަތްކޮޅު އަރުއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަފްޣާނިސްތާން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ޝައިދާ މުޙައްމަދު ޢަބްދަލީއަށް ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދަށް މިއަދު އަރުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މިރަސްމިއްޔާތުގައި ފަތްކޮޅު އެރުއްވުމަށްފަހު، އަފްޣާނިސްތާންގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވެ  ރާއްޖެއާއި އަފްޣާނިސްތާނާ ދެމެދު އޮތް ގާތް ގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖެ އާއި އަފްޣާނިސްތާނާ ދެޤައުމަކީވެސް ފުރިހަމަ ޑިމޮކްރަސީއެއް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ދެ ޤައުމުކަން ފާހަގަކުރައްވައި، ޑިމޮކްރަސީ ހަރުދަނާކުރުމުގެ މަސައްކަތުގައި، ދެޤައުމުގެ ދެމެދުގައި އެއްބާރުލުން އިތުރުކުރުމުގެ މައްޗަށް ބައްލަވާލެއްވިއެވެ.

އަފްޣާނިސްތާނުގެ ސަފީރުގެ ވާހަކަފުޅުގައި، ރާއްޖެއަށް ބޭނުންވާ ކަންކަމުގައި، އަފްޣާނިސްތާން ސަރުކާރުގެ ފަރާތުން ރާއްޖެއަށް އަބަދުވެސް އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.