ރާއްޖޭގެ ޚަބަރު މީހަކު ސަލާމް ގޮވާލީމާ ސަލާމްކުރިޔަ ނުދިނުން އެއީ މުސްލިމުން ކޮށް އުޅޭ ކަންތަކެއް ނޫން: ރައީސް

މީހަކު ސަލާމް ގޮވާލީމާ ސަލާމްކުރިޔަ ނުދިނުން އެއީ މުސްލިމުން ކޮށް އުޅޭ ކަންތަކެއް ނޫން: ރައީސް

މީހަކު ސަލާމް ގޮވާލީމާ ސަލާމްކުރިޔަ ނުދިނުން އެއީ މުސްލިމުން ކޮށް އުޅޭ ކަންތަކެއް ނޫން: ރައީސް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މީހަކު ސަލާމް ގޮވާލީމާ ސަލާމްކުރިޔަ ނުދިނުން އެއީ މުސްލިމުން ކޮށް އުޅޭ ކަންތަކެއް ނޫންކަމަށް ރައީސް ޑރ މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ މުހައްމަދު ވަހީދު މިފަދައިން ވިދާޅުވީ މ. އަތޮޅަށް ކުރެއްވި ދަތުރުގައި ކުޑަކުއްޖާއާ ސަލާމްކުރެއްވުމަށް އަތް ދިއްކޮށްލެއްވުމުން އެ ކުއްޖާގެ ބައްޕަ އެކަމާ ދެކޮޅު ހަދާފައިވާތީ އެކަމަށް އިޝާރާތް ކުރައްވައެވެ. ރައީސް ވިދާޅުވީ "އަޅުގަނޑު އެ ދަރިފުޅާ ސަލާމްކޮށްލަން އަތް ދިއްކޮށްލުމުން، ބައްޕަ ކުރެއްވި ކަމަކީ ދަރިފުޅުގެ އަތް އަތުލީ. އަޅުގަނޑާ ސަލާމްކުރިޔަ ނުދެއްވީ" ކަމަށެވެ. "މީހަކު ސަލާމް ގޮވާލީމާ ސަލާމްކުރިޔަ ނުދިނުން އެއީ މުސްލިމުން ކޮށް އުޅޭ ކަންތަކެއް ނޫން. ދިވެހިން ކޮށް އުޅޭ ކަންތަކެއް ނޫން. އެ ބާވަތުގެ ކަންތައްތައް އަޅުގަނޑުމެންގެ ތެރޭގައި މިހާރު ވެސް އެބަ ހިނގާ. މިއީ ވަރަށް ދެރަ މައްސަލައެއް."ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.

މ. އަތޮޅަށް މަޑުއްވަރީ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް އިތުރަށް ވިދާޅުވީ "އެކަން އެއީ ވަރަށް ދެރަ ކަމެއް. އަޅުގަނޑު ވަރަށް ބޮޑަށް ދެރަވި އެ މަންޒަރު ފެނިފައި. ސަބަބަކީ އަޅުގަނޑާ އެ ކުއްޖާއާ ސަލާމް ނުކުރެވުނީމައެއް ނޫން. އެހެން ނަމަވެސް ބައްޕައަކަށް އޭނާގެ ދަރިފުޅަށް ތުއްތު ދަރިފުޅަށް، އެ ދަސްކޮށްދެވުނީ ވަރަށް ގޯސް ކަމެއް. އެ ދަރިފުޅަކަށް ނޭނގޭނެ، އަޅުގަނޑަކީ ކާކު ކަމެއް ވެސް... ދިވެހިރާއްޖެ ޑިމޮކްރެޓިކް ބަދަލަކަށް ކުރިއަށް ދާއިރުގައި މި ބަދަލުގެ ތެރޭގައި އަޅުގަނޑުމެންނަށް ނުރަނގަޅު ކަންތައްތަކެއް ތައާރުފްކުރުމަކީ އެއީ ކޮށްގެންވާނެ ކަމެއް ނޫން. އަޅުގަނޑުމެން ކަހަލަ ކުދި ޖަމާއަތްތައް ބައިބައިވެ، އެއްބަޔަކު އަނެއް ބަޔަކަށް ވާހަކަ ނުދެއްކޭ ހިސާބަށް ކަންކަން ގެންދިޔުމަކީ އެއީ ކޮށްގެންވާނެ ކަމެއް ނޫން. އަޅުގަނޑު އަބަދުވެސް މި ދަންނަވާ ފަދައިން އަޅުގަނޑުމެން އިސްކުރަންވާނީ، އިސްލާމީ އުޚުއްވަތްތެރިކަން. އަޅުގަނޑުމެންގެ ގައުމީ ފިކުރު. އަޅުގަނޑުމެންގެ ދީނީ ފިކުރު. މިކަންކަން އަޅުގަނޑުމެން އިސްކުރަން އެބަޖެހޭ،"ކަމަށެވެ.

 

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.