ރާއްޖޭގެ ޚަބަރު ޤައުމީ އެއާލައިނުން މީހުން ޙައްޖަށް ގެންދަނީ

ޤައުމީ އެއާލައިނުން މީހުން ޙައްޖަށް ގެންދަނީ

ޤައުމީ އެއާލައިނުން މީހުން ޙައްޖަށް ގެންދަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އައިލެންޑް އޭވިއޭޝަންގެ މޯލްޑިވިއަން އިން މިފަހަރު ރާއްޖެ އިން މީހުން ޙައްޖަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ އެއާލައިން އިން ހާމަކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން އައިލެންޑް އޭވިއޭޝަން ސާވިސަސްގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ސަން އޮންލައިނަށް ދިން ބަސްދީގަތުމެއްގައި ވިދާޅުވެފައި ވަނީ ޙައްޖަށް މީހުން ގެންދިއުމަށްޓަކައި މި އަހަރު އިސްލާމިކް މިނިސްޓްރީ އިން ހުއްދަދިން ޖަމާޢަތްތަކާއި އައިލެންޑް އޭވިއޭޝަން އާ ވާހަކަ ދެއްކިގެން މި އަހަރު ރާއްޖެ އިން ހައްޖަށްދާ މީހުން މޯލްޑިވިއަން އިން ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިހާރު އެކަންތައް ފައިނަލް ނުކުރެވި ވަނީ މި އަހަރު މީހުން ހައްޖަށް ގެންދިއުމަށް ހުއްދަދިން މައްސަލަ ކޯޓަށް ހުށައަޅައިގެން ކުރިއަށް ގެންދާތީ ކަމަށް ވެސް ނަޝާތު ވިދާޅުވިއެވެ.

ނަޝާތު އިތުރަށް ވިދާޅުވީ ޤައުމީ އެއާލައިން އިން ސީދާ ސައުދީ އެއާޕޯޓަށް ޖެއްސުމަކީ ޙައްޖާޖީން އަށް ވަރަށް ބޮޑަށް ލުއިފަސޭހަ ވެގެންދާނެ ކަމެއް ކަމަށެވެ. މި ގޮތުން ދަތުރުކުރާ ފްލައިޓްއަކީ ހުސްދިވެހިން ދަތުރުކުރާ ފްލައިޓަކަށް ވުމާއި ކެބިން ކުރޫ އިންނަކީ ވެސް ދިވެހި ޙައްޖުވެރިންނަށް ވުމުން ވަރަށް ބޮޑެތި ލުއިފަސޭހަތަކެއް ވެގެން ދާނެކަމަށް ވެސް ނަޝާތު ވިދާޅުވިއެވެ.

ޓެގް

ޙައްޖު 1434

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.