ރާއްޖޭގެ ޚަބަރު

'އިސްލާމިކް ފެއާރ' އިސްލާމީ މަރުކަޒުގައި މިއަދު ފަށައިފި

ހަބަރު: ދިއިސްލާމް ޑެއިލީ

'އިސްލާމިކް ފެއާރ' އިސްލާމީ މަރުކަޒުގައި މިއަދު ފަށައިފިއެވެ.

އިސްލާމީ މަރުކަޒުގައި ކުރިއަށްދާ މިފެއާރ ފަށާފައިވަނީ މިއަދު 16:15 ގައެވެ. އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައާއި، ލޮބީ ތެރޭގައި ބާއްވާ މިފެއާރ ހުޅުވިފައި ހުންނާނީ ފެބްރުއަރީ 13، 14 އަދި 15 ވަނަ ދުވަހުގެ ހަވީރު 16:15 އިން ފެށިގެން އިރުއޮއްސި 18:00 ށެވެ. އަދި ރޭގަނޑު 20:30 އިން 22:30 އަށް ކަމަށް އިސްލާމިކް މިނިސްޓްރީ އިން ހާމަކުރައްވައެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެރއަޒްއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މިފެއާރގައި ދީނީ ސުވާލުތަކަށް ޖަވާބު ދިނުމާއި، ދީނީ ފޮތްތަކާއި ކީރިތި ޤުރްއާނާބެހޭ މަރުކަޒުގައިހުރި ތާރީޚީ ޤުރްއާންތަކާއި، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސިއްކަފުޅުޖެހި ތިން ސިޓީފުޅަކާއި، އޭގެ ތަރުޖަމާ ބަހައްޓާފައިވެއެވެ. އަދި ފެއާރގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދަރިކަނބަލުން ފާތިމަތުގެފާނު ތުރުކުރައްވާފައިވާ ހެދުންކޮޅާއި، ރަސޫލާ ގެންގުޅުއްވި ބައެއްތަކެތީގެ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދެއްކުމަށްވަނީ ހަމަޖެހިފައެވެ.

މިފެއާރ ހުޅުވައިދެއްވީ ރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *