ރާއްޖޭގެ ޚަބަރު އަތް ކެނޑުމާއި މަރުގެ އަދަބު ރާއްޖޭގެ ޤާނޫނުލް އުގޫބާތުގައި ހިމަނާތީ ނަޝީދު ކަންބޮޑުވުން ފާޅުކޮށްފި

އަތް ކެނޑުމާއި މަރުގެ އަދަބު ރާއްޖޭގެ ޤާނޫނުލް އުގޫބާތުގައި ހިމަނާތީ ނަޝީދު ކަންބޮޑުވުން ފާޅުކޮށްފި

އަތް ކެނޑުމާއި މަރުގެ އަދަބު ރާއްޖޭގެ ޤާނޫނުލް އުގޫބާތުގައި ހިމަނާތީ ނަޝީދު ކަންބޮޑުވުން ފާޅުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަތް ކެނޑުމާއި މަރުގެ އަދަބު ދިނުމާއި ރަޖަމް ކުރުން ރާއްޖޭގެ ޤާނޫނުލް އުގޫބާތުގައި ހިމަނާތީ ނަޝީދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

“ބުލޮގް ފޮރިން ޕޮލިސީ” އަށް އޭޕްރީލް 3 ގައި ދީފައިވާ ބަސްދީގަތުމެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބުނެފައިވަނީ "އަތް ކެނޑުމާއި މަރުގެ އަދަބު ދިނުމާއި ރަޖަމް ކުރުން ރާއްޖޭގެ ޤާނޫނުލް އުގޫބާތުގައި ހިމަނާތީ އެކަން ދުނީޔޭގެ ސަމާލުކަމަށް ނާންނަ"ކަމަށެވެ. އަދި "އެކަންކަން ބެލުމުގައި ދުނިޔޭގެ ގައުމުތައް ފެއިލްވެފައިވާ"ކަމަށެވެ. އިތުރަށް ނަޝީދު ބުނެފައިވަނީ "ރާއްޖޭގައި ހައްދުފަހަނައަޅައި ދިއުން އާންމު ވަމުންދާ" ކަމަށެވެ.

"ވެރިކަން ބަޣާވާތަކުން ބަދަލު ކުރީވެސް ދީނީ ގޮތުން ހައްދުފަހަނައަޅާފައި ތިބި ބަޔަކު އަޑީގައި ތިބެގެން"ކަމަށް ބުނާ ބުނުން އަނެއްކާވެސް ނަޝީދު ވަނީ ތަކުރާރުކޮށްފައެވެ. މީގެ އިތުރުން ނަޝިދު ބުނެފައިވަނީ ވެރިކަމާއި ދެކޮޅަށް ފެބުރުއަރީ ހަތެއްގައި ނިކުއް ކުދި ގުރޫޕްތަކުން ނިކުތީ “ﷲ އަކްބަރް” ގޮވަމުން ކަމަށާއި އެއީ ވެރިކަމުގެ ބާރު ހޯދަން ހައްދުފަހަނައަޅާފައިވާ މީހުން ފުރަތަމަ ކުރި ކަންތައް ކަމަށެވެ.

އިސްލާމީ ޝަރީއަތުގެ ބައިތައް ރާއްޖޭގެ ޤާނޫނުގައި ހިމަނާތީ އެމްޑީޕީއަށް ނިސްބަތްވާ އިސް ބައެއް ފަރާތްތަކުން ދަނީ ފާޅުގައި އެކަމަށް ފާޑު ކިޔަމުންނެވެ.

ޚަބަރާއި ގުޅޭ ލިންކް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.