އިޒްރޭލުގެ ޚާރިޖީ އޮފީހުގެ އޮފިޝަލަކު ޑޮކްޓަރު ހެދުމުގައި އުޅެނިކޮން ތީއޭޓަރުތެރެއިން ނެރެފިކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރެއްކަމަށް ޑރ މައުރޫފް ވިދާޅުވެއްޖެއެވެ.
ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޑރ މައުރޫފް ވިދާޅުވެފައިވަނީ "އައިޖީއެމްއެޗްގެ އޮޕަރޭޝަން ތީއޭޓަރުގެ އެންމެ އެތެރެއަށް (އާންމުންނަށް ވަނުން މަނާ ހިސާބަށް) އިޒްރޭލުގެ ޚާރިޖީ އޮފީހުގެ އޮފިޝަލަކު ޑޮކްޓަރު ހެދުމުގައި އުޅެނިކޮން ފެނިގެން އެވަގުތު އެތާ ހުންނަވި ޑޮކްޓަރު ކޯފާ ވެގެން އޭނާ ނެރެން މަސައްކަތް ކުރުމުން ނުނިކުތުމުން އެއޮފިޝަލް ނެރެފައިވަނީ ހޮސްޕިޓަލް އޮފީހުގެ އޮފިޝަލަކު އައިސް ބުނުމުން" ކަމަށެވެ. ޑރ މައުރޫފް ވިދާޅުވެފައިވަނީ 'މިހާ އެތެރެއަށް' ހާރިޖީ ޓީމުގެ މީހަކު ވަނުމުން ސުވާލު އުފެދޭ ކަމަށާއި މިއީ އެމީހުންގެ 'ފެންވަރު' ކަމަށެވެ.
މިއަދުގެ ދިވެހި ސަރުކާރުން އިޒްރޭލުގެ ޑޮކްޓަރުން ރާއްޖެގެނެސް ދުވާލަކު 25 އޮޕަރޭޝަން ކުރާނެކަމަށް ކުރިން ބުނި ނަމަވެސް މިއަދުވެސް އެމީހުންނަށް ކުރެވިފައިވަނީ އެންމެ 5 އޮޕަރޭޝަންކަމަށް ވަނީ ހަބަރު ލިބިފައެވެ. އަދި އެއީ ވަރަށް އާދައިގެ އޮޕަރޭޝަން ކަމަށާއި އެކަން ދިވެހި ޑޮކްޓަރުންވެސް ކުރާ ކަމަށެވެ. އެހެންކަމުން އިޒްރޭލުގެ ބަޔަކު ގެނެސް މިކަން ކުރުވުމުން ސުވާލުތަކެއް އުފެދޭކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...