ރާއްޖޭގެ ޚަބަރު ރައްޔިތުންގެ މަޖިލީހާއި ދެކޮޅަށް އިހްތިޖާޖުކުރަން ގައުމީ ހަރަކާތުން ނިކުންނަނީ

ރައްޔިތުންގެ މަޖިލީހާއި ދެކޮޅަށް އިހްތިޖާޖުކުރަން ގައުމީ ހަރަކާތުން ނިކުންނަނީ

ރައްޔިތުންގެ މަޖިލީހާއި ދެކޮޅަށް އިހްތިޖާޖުކުރަން ގައުމީ ހަރަކާތުން ނިކުންނަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް
 ޖީއެމްއާރާ ދެކޮޅަށް ގައުމީ ހަރަކާތުން ބޭއްވި މަހާސިންތާގެ ތެރެއިން | ދިއިސްލާމް ފައިލް ފޮޓޯ


ޖީއެމްއާރާ ދެކޮޅަށް ގައުމީ ހަރަކާތުން ބޭއްވި މަހާސިންތާގެ ތެރެއިން | ދިއިސްލާމް ފައިލް ފޮޓޯ

ރައްޔިތުންގެ މަޖިލީހާއި ދެކޮޅަށް އިހްތިޖާޖުކުރުން މިރޭ އާޓިފިޝަލް ބީޗްގައި އޮންނާނެ ކަމަށް ގައުމީ ހަރަކާތުން ހާމަކޮށްފިއެވެ.

މިކަމާ ގުޅިގެން ދިވެހި ރައްޔިތުންގެ ގައުމީ ހަރަކާތުންގެ ފަރާތުން އަދާލަތު ޕާޓީގެ ރައީސް އައްޝައިޙް އިމްރާން އަބްދުﷲ ވިދާޅުވީ ރައްޔިތުން މަޖިލީހުން މަސައްކަތް ކުރަނީ ޝަރުއީ ނިޒާމްގެ މައްޗަށް އަތްގަދަ ކުރުމަށް ކަމަށާ ދިވެހިރާއްޖޭގައި ވަކިވެފައިވާ ތިން ބާރުގެ ތެރެއަށް ރައްޔިތުންގެ މަޖިލީސް ގަދަވެގަނެ، އަނެއް ދެބާރު ހައިޖެކްކުރުމަށް މަޖިލީހުން މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.

އަދި އެކަމާއި ދިވެހި ރައްޔިތުން ބަލަން ނުތިބޭނެކަމަށާ ދިވެހިރައްޔިތުން ބޭނުންވަނީ ދިވެހިރާއްޖޭގައި ވަކިވެފައިވާ ތިން ބާރަކީވެސް އެއްބާރުން އަނެއްބާރުގެ މައްޗަށް ނުފޫޒް ނުފޯރުވޭނެ ތަނަކަށް ހެދުންކަމަށް ޝައިޚް އިމްރާން ވިދާޅުވިއެވެ.

މީގެ އިތުރުން ޝައިޚް އިމްރާން ވިދާޅުވީ މިރޭ 9 ޖަހާއިރު ގައުމީ ހަރަކާތުން އާޓީފިޝަލް ބީޗުގައި ހާއްސަ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި މިބައްދަލުވުމަށް ޕާޓީގެ ކުލައަކަށް ބެލުމެއްނެތި ފަރުދީ ހައިސިއްޔަތުންވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް އެދޭކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.