ރާއްޖޭގެ ޚަބަރު ޤުރްއާނުގެ ޢިބްރަތްތެރި ނަޞޭޙަތްތައް އަޑުއަހައި ޢަޤީދާ ހަރުދަނާކުރަން ޖެހޭ: ޝައިޚް ސަމީރު

ޤުރްއާނުގެ ޢިބްރަތްތެރި ނަޞޭޙަތްތައް އަޑުއަހައި ޢަޤީދާ ހަރުދަނާކުރަން ޖެހޭ: ޝައިޚް ސަމީރު

ޤުރްއާނުގެ ޢިބްރަތްތެރި ނަޞޭޙަތްތައް އަޑުއަހައި ޢަޤީދާ ހަރުދަނާކުރަން ޖެހޭ: ޝައިޚް ސަމީރު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

dhi_salaf090909

އަޅުގަނޑުމެން އެންމެންވެސް ކީރިތި ޤުރްއާނުގެ ޢިބްރަތްތެރި ނަޞޭޙަތްތައް އަޑުއަހައި ޢަޤީދާ ހަރުދަނާކުރަން ޖެހޭ ކަމަށް އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޝައިޚް ސަމީރު މިހެން ވިދާޅުވީ ޖަމްޢިއްޔަތުއްސަލަފުން ކޮންމެ ހަފްތާއަކު ނެރެމުން އަންނަ "ހަފްތާ ނަޞޭޙަތް" ގެ 29 ވަނަ ޢަދަދުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝައިޚް ސަމީރު އިތުރަށް ވިދާޅުވީ އަޅުގަނޑުމެންނަކީ ﷲ ސުބުޙާނަހޫ ޥަތަޢާލާ ނެތުމުގެ ތެރެއިން ވުޖޫދަށް ގެންނަވައި އެކަލާނގެ އުފައްދަވާފައިވާ މަޚުލޫޤުންކަމަށާއި އެހެން ނަމަވެސް އަޅުގަނޑުމެން އުފެއްދި ފަރާތަކީ ﷲ ސުބުޙާނަހޫ ޥަތަޢާލާކަމަށް ބައެއްމީހުން އެބަ އިންކާރު ކުރާކަމަށެވެ.

މީގެ އިތުރުން ﷲ ސުބުޙާނަހޫ ޥަތަޢާލާގެ ކުޅަދުންވަންތަކަމާއި އެކަލާންގެ މަތިވެރިކަމާއި، އެކަލަނގެއީ ދުނިޔެއާއި ދުނިޔޭގައި ވާހައިތަކެެއްޗެއް އުފައްދަވައި އެތަކެތި ބަލަހައްޓަވައި، އެތަކެތީގެ ވެރި ރަސްކަލާނގެކަން އިންސާނާގެ ބުއްދިއަށް ކަށަވަރު ކޮށްދެއްވުމަށްޓަކައި އެތައް ބައިވަރު މިސާލުތަކެއް ކީރިތި ޤުރްއާނުގައި ﷲ ސުބުޙާނަހޫ ޥަތަޢާލާ ގެންނަވާފައިވާ ކަމަށް ވެސް ޝައިޚް ސަމީރު ވިދާޅުވިއެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ކޮންމެ ބުރާސްފަތި ދުވަހެއްގައި އެ ޖަމްޢިއްޔާގެ ވެބްސައިޓުގައި ޝާއިޢު ކުރަމުންގެންދާ "ހަފްތާ ނަޞޭޙަތް" ގެ ސިލްސިލާގައި މިހާތަނަށް ވަރަށް ގިނަ ޢިލްމުވެރިން ވަނީ ވާހަކަފުޅު ދައްކަވާފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.